ދިފާޢީ ދާއިރާގެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ދެކުނުއެމެރިކާ ބައްރުގެ ބޮލީވިއާއަށްދޭން އިރާނުން ތައްޔާރަށް އޮތްކަމަށް، އެގައުމުން ބުނެފިއެވެ.

އިރާނުގެ ދިފާޢީ ވަޒީރު މުޙައްމަދް ރިޒާ އަޝްތިއާނީއާއި ބޮލީވިއާގެ ދިފާޢީވަޒީރު އެޑްމުންޑޯ ނޮވިލޯ އަގީލަރ އިއްޔެ އިރާނުގެ ވެރިރަށް ޓެހެރާނުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ބޮލީވިއާގެ ދިފާޢީ ގާބިލުކަން އިތުރުކުރުމަށް، އީރާނުން ބޭނުންވާކަމަށް އަޝްތިއާނީ ވިދާޅުވިއެވެ.

އަޝްތިއާނީ ވިދާޅުވި ގޮތުގައި އީރާނާއި ބޮލީވިއާއަކީ އިންގިލާބީ އަދި އެހެންމެ، އިގްތިޞާދީ، ޚާރިޖީ، ދިފާޢީ ސިޔާސަތުތައް ކަނޑައަޅާ ހިންގުމުގައި މިނިވަން ދެގައުމުކަމަށްވެފައި، އަދި ދެގައުމު އޮތީ ދެބައްރުގައި ކަމަށްވާތީ، ދެގައުމުގެ ދެމެދުގައި ދިފާޢީ ގުޅުންތައް އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ބޮލީވިއާގެ ދިފާޢީ ވަޒީރު އަގީލަރގެ ވާހަކަފުޅުގައި، ޓެހެރާނަށް މިކުރެއްވި ދަތުރުފުޅަކީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރުކުރެއްވުމަށް ލިބިވަޑައިގެންނެވި ވަރަށް ރަނގަޅު ފުރުޞަތެއްކަމަށް ވިދާޅުވިއެވެ. އީރާނަށް 1979 ވަނަ އަހަރު ގެނެވުނު އިސްލާމީ އިންގިލާބަށް އަގީލަރވަނީ ވަރަށް ބޮޑަށް ތަޢުރީފުކުރަށްވާފައިއެވެ. އޭނާ ވިދާޅުވީ މިނިވަންކަމަށް އެދޭ ގައުމުތަކުން އީރާނުގެ އިސްލާމީ އިންގިލާބަކީ މިސާލެއްކަމުގައި ދެކެންވާނެއެވެ.

ހުޅަނގުން އިރާނަށް އިގްތިޞާދީ ޢުގޫބާތްތައް ދެމުންދާއިރުވެސް، އީރާނުން ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން އަދި އަމަނާއި ދިފާޢީ ޞިނާޢަތުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތައް ހޯދަމުންދާތީ، އަގީލަރވަނީ އެކަންކަން ފާހަގަކުރަށްވަވާ ވާހަކަފުޅުދައްކަވާފައިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން