ފާއިތުވި ދެއަހަރު ދުވަހުގެ ތެރޭގައި ކާބޯތަކެތީގެ ތެރެއިން ބައެއް ތަކެތީގެ އަގުތަށް 175 އިންސައްތަ މައްޗަށް ގޮސްފައިވާކަމަށް އިނގިރޭސިވިލާތުގެ ޖަމުޢިއްޔާއެއްކަމަށްވާ "ވިޗް؟" ޖަމުޢިއްޔާއިން ބުނެފިއެވެ.

މިޖަމްޢިއްޔާއިން މިހާރުވަނީ މިކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށްވެސް ގެނެސްފައިއެވެ. މިޖަމްޢިއްޔާއިން ބުނި ގޮތުގައި ކާބޯތަކެތީގެ އަގުތައް މިހާ ބޮޑަށް މައްޗަށް ގޮސްފައިވާ ވަގުތެއްގައި، މިކަމުގެ ނޭދެވޭ ނަތީޖާތަކުން ގޭބިސީތައް ސަލާމަތްކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އަދި އެކަމަށް އެޖަމުޢިއްޔާއިންވަނީ ސަރުކާރަށް އިލްތިމާސްވެސް ކޮށްފައިއެވެ.

"ވިޗް؟" ޖަމުޢިއްޔާއިން އިއްޔެ ބުނި ގޮތުގައި، ބައެއް ބާވަތްތަކުގެ އަގުތައް 175 އިންސައްތައިން މައްޗަށް ގޮސްފައިވީނަމަވެސް، އާންމު ގޮތެއްގައި ޖޫން 2021 ން ޖޫން 2023 ށް ކާބޯތަކެތީގެ އަގުތައް މައްޗަށް ގޮސްފައިވަނީ 25.8 އިންސައްތައިންނެވެ. މިދިރާސާކުރުމުގައި ކާބޯތަކެތީގެ އެކި ވައްތަރުގެ 21،000 އުފެއްދުމެއް ހިމަނާފައިވާނެކަމަށް "ވިޗް؟" ޖަމުޢިއްޔާއިން ބުނެއެވެ.

އިނގިރޭސިވިލާތުގައި ކާބޯތަކެތީގެ އަގުތައް މިހާބޮޑަށް މައްޗަށް ގޮސްފައިވަނީ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި ތެލާއި ގޭހުގެ އަގުތައް ބޮޑުވުމާއި އަދި މަސައްކަތްތެރިންގެ އުޖޫރަތައް ބޮޑުވުމުންކަމަށް އިގްތިޞާދީ މާހިރުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން