ންދުއްވާ ބޯޓު ވައްދާ އޮޑިހަރުގެއެއްގައި ސެސްނާ 208 މަރުކާގެ ކުޑަ މަތިން ދުއްވާ ބޯޓެއް ޖެހި، ފަސް މީހުން މަރުވެއްޖެއެވެ.

މިކަން ހިނގީ ޕޮލަންޑުގެ މެދުތެރޭގައި އޮންނަ، ކްރޫނޯ ނަމަކަށް ކިޔާ ރަށެއްގައި އިއްޔެގެ ވަގުތެއްގައެވެ. މި ޙާދިޘާގައި އަށް މީހަކަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވެއެވެ. އަދި މީގެ ތެރެއިން ދެމީހަކު ވަރަށް ބޮޑަށް ޒަޚަމުވެފައިވާކަމަށް ވެއެވެ.

މިބޯޓު، އޮޑިހަރުގޭގައި ޖެހި އޮޑިހަރުގެ ތެރެއަށް ވަން ގަޑީގައި އޮޑިހަރުގެ ތެރޭގައި ތޭރަ މީހުން ތިބިކަމަށް ބީބީސީ ނޫހުން ބުނެއެވެ. މިތޭރަ މީހުން އޮޑިހަރުގެއަށް ވަދެ ތިބީ މޫސުން ގޯސްވުމުގެ ސަބަބުން ރައްކާތެރިކަން ހޯދަންކަމަށް ބީބީސީ ނޫހުން ބުނެއެވެ.

ޕޮލަންޑުގެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މިޙާދިޘާ ހިނގީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. މިޙާދިޘާ ހިނގި ކްރޫނޯ އޮންނަނީ ވެރިރަށް ވޯސޯއާއި 45 ކިލޯމީޓަރު ދުރުގައި ހުޅަނގު އުތުރުގައެވެ.

މިޙާދިޡާ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށްޓަކައި ކުރަންޖެހޭ ތަޙްގީގުތައް ސަރުކާރުގެ ގާނޫނީ ވަކީލުންނާއި ފުލުހުންވަނީ މިހާރު ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން