ނީލަމެއްގައި އަމީރާ ޑަޔާނާގެ ފޭރާންކޮޅެއް ފަންސާސް ހާސް ޑޮލަރަށް ވިކެންއުޅޭކަމަށް އޭބީސީ ނޫހުން ބުނެފިއެވެ.

އުނަގަނޑުން މަތިން، އެހެން ފޭރާމެއްގެ މަތިން، އާންމު ގޮތެއްގައި ފިނިމޫސުމުގައި، ލައިއުޅޭ، އިނގިރޭސި ބަހުން "ސްވެޓަރ" ކިޔާ ބާވަތުގެ މިފޭރާންކޮޅު ނީލަންކިޔާ ވިއްކާލުން އޮންނާނީ ލަންޑަނުގެ ސޮދެބީސް ނީލަމުގައި އަންނަ ސެޕްޓެމްބަރު މަހުގެ ދުވަހެއްގައިއެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުގައި މިފޭރާންކޮޅުގެ އަގު ނީލަމުގައި، އަށްޑިހަ ހާސް ޑޮލަރަށް އެރުމަކީ ވުން ގާތް ކަމެކެވެ.

އަމީރާގެ މިފޭރާންކޮޅު މަޝްހޫރުވެފައިވަނީ އޭގައި ކުރަހާފައިވާ ކުރެހުންތަކެއްގެ ސަބަބުންނެވެ. މިފޭރާންކޮޅަކީ އުއިން ވިޔެގެން ހަދާފައިވާ ފޭރާންކޮޅެކެވެ.

މިފޭރާންކޮޅުގައި ހުދު ކަންބަޅިތަކެއްގެ މެދުގައި ކަޅު ކަންބަޅިއެއްގެ ސޫރަ ކުރަހާފައިވުމަކީ، މިފޭރާންކޮޅަށް ލާމަސީލުކަމުގެ ދަރަޖަ ލިބުނު ސަބަބެއްކަމަށް ސޮދެބީސް ނީލަމުން ބުނެއެވެ.

ފުރަތަމަ ފަހަރަށް، އަމީރާ ޑަޔާނާ ސްޕެންސަރ މިފޭރާންކޮޅު ތުރުކުރަށްވައިގެން ހުންނަވަނިކޮށް އާންމުންނަށް ފެނިފައިވަނީ 1981 ވަނަ އަހަރުއެވެ. އޭރު އަމީރާގެ އުމުރުފުޅުންވީ ނަވާރަ އަހަރެވެ. އޭރު، ވަލީއުލް ޢަހްދު ޗާލްސްއާއި (އިނގިރޭސިވިލާތުގެ މިހާރުގެ ރަސްގެފާނާއި) އަމީރާ ޑަޔާނާގެ ކައިވެނިފުޅުކުރެއްވުން އޮތީ އިންތިޒާމުވެފައިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން