އެކުވެރި ޢަރަބި އިމާރާތާއި (ޔޫ.އޭ.އީއާއި) ތުރުކީވިލާތުން 50 ބިލިއަން ޑޮލަރުގެ އަގުހުރި 13 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ ތުރުކީވިލާތުން ބުނި ގޮތުގައި މިއެއްބަސްވުންތަކުގައި ދެގައުމުގެ ދެމެދުގައި ސޮއިކުރެވިފައި މިވަނީ ތުރުކީވިލާތުގެ ރައީސް ރިސެޕް ޓައްޔިޕް އެރްދުގާން، އިމާރާތަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިކަމާއި ގުޅިގެން ތުރުކީވިލާތުން ނެރުނު ބަޔާނެއް ބުނި ގޮތުގައި، ވަކި ދާއިރާއެއް ދޫނުކޮށް، ހުރިހާ ދާއިރާއެއް ޝާމިލުވާހެން އެއްބާރުލުން ދިނުމަށްޓަކައި ދެގައުމުންވަނީ މަތީ ފަންތީގެ ކައުންސިލެއް ގާއިމުކުރަންވެސް އެއްބަސްވެފައިއެވެ. ތުރުކީވިލާތުގެ ރައީސް އޮފީހުން ބުނާ ގޮތުގައި މި ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ އިމާރާތާއި ތުރުކީވިލާތުގެ ރައީސުންނެވެ.

" ހަކަތައިގެ ދާއިރާއާއި ދަތުރުފަތުރުގެ ދާއިރާއާއި، މުދާއުފުލުމުގެ ދާއިރާއާއި، އޮންލައިން ވިޔަފާރީގެ ދާއިރާއާއި މާލީ ދާއިރާއާއި ޞިއްޙަތާއި ކެއުންބުޔުމާއި ފަތުރުވެރިކަމާއި ގެދޮރު ބިނާކުރުމާއި ޢުމްރާނީ ދާއިރާއާއި ދިފާޢީ ޞިނާޢަތާއި އާރޓިފިޝަލް އިންޓެލިޖެންސްއާއީ ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި، މިހުރިހާ ދާއިރާއެއްގައި މިހާރު އޮތް އެއްބާރުލުން އިތުރުކޮށް ކުރިއަރުވާ މަތިކުރުމަށް، ދެގައުމުންވަނީ އެއްބަސްވެ، އެގޮތަށް ނިންމާފައި"، ތުރުކީވިލާތުގެ ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިބަޔާން ބުނި ގޮތުގައި އިއްޔެ ސޮއިކުރެވުނު ހުރިހާ އެއްބަސްވުމެއްގެ އެކު ޖުމުލަ އަގަކީ 50.7 ބިލިއަން ޑޮލަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން