ދުނިޔޭގައި މިހާތަނަށް އިމާރާތްކުރެވިފައިވާ އެންމެ ބޮޑު އޮފީސް އިމާރާތް އިންޑިއާގެ ސޫރަތުގައި ހުޅުވަން ތައްޔާރުވެއްޖެއެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީ ނިސްބަތްވެ ވަޑައިގަންނަވާ ގުޖްރާތު ސްޓޭޓުގެ ސޫރަތުގެ އަލިމަސް ވިޔަފާރީގެ މަރުކަޒުކަމުގައިވާ، ރަސްމީ ނަމުންނަމަ، ސޫރަތް ޑައިމަންޑް ބޯސްގެ މި އޮފީސް އިމާރާތުގައި 4،700 އޮފީސް ހުންނާނެއެވެ.

މިއިމާރާތުގެ ތަޅުމުގައި ހަތް މިލިއަން އަކަފޫޓު ހުންނަކަމަށް ޚަބަރުތައް ބުނެއެވެ. އެމެރިކާގެ ދިފާޢީ ވުޒާރާ ހުންނަ އިމާރާތްކަމުގައިވާ "ޕެންޓަގަން" އިމާރާތަށްވުރެވެސް މިއިމާރާތް ބޮޑުކަމަށް ޚަބަރުތައް ބުނެއެވެ.

ފަނަރަ ބުރީގެ މިއިމާރާތް ބިނާކޮށްފައިވަނީ 15 އޭކަރުގެ (6 ހެކްޓަރުގެ) ބިމުގައިއެވެ. 388 މިލިއަން ޑޮލަރު ޚަރަދުކޮށްގެން، ހަތަރު އަހަރުން، ހަދާފައިވާ މިއިމާރާތުގައި އަލިމަހުގެ ވިޔަފާރީގެ ފަންނުވެރިންގެ 65 ހާސް މީހުން މަސައްކަތްކުރާނެކަމަށް ޚަބަރުތައް ބުނެއެވެ.

މިއިމާރާތް ފަރުމާކޮށްފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މަރުކަޒުވެފައިވާ މޯފޮޖެނެސިސް ކުންފުނިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން