ފާއިތުވި އެތައް ސަތޭކަ އަހަރެއްގެ ތެރޭގައި ނުވަތަ އެތައް ހާސް އަހަރެއްގެ ތެރޭގައި އައި އަދި އަންނާނެ އެންމެ ހޫނުގަދަ މަހަކީ މިޖުލައި މަސްކަމަށް އެމެރިކާގެ ނާސާގައި މަސައްކަތްކުރަށްވާ މޫސުމާބެހޭ އިސް ތަޖުރިބާކާރަކު ވިދާޅުވެއްޖެއެވެ.

ފަޒާގެ ދިރާސާތައްކުރާ އެމެރިކާގެ ނާސާގެ މޫސުމީ ތަޖުރިބާކާރު ވިދާޅުވި ގޮތުގައި މިހާތަނަށް މިމަހުން ފާއިތުވި ކޮންމެ ދުވަހަކީ ފިނިހޫނުމިނުގައި ރިކޯޑު މުގުރާލި ދުވަހެކެވެ.

މޫސުމީ ތަޖުރިބާކާރު ގެވިން ޝްމިޓް ވިދާޅުވި ގޮތުގައި އޭނާގެ މިވާހަކައިގެ ތެދުދޮގު އެނގޭނީ މަހުން މަހަށް އެމެރިކާގެ ރަސްމީ އިދާރާތަކުން ހަދާ ރިޕޯޓުތައް ހަދާ ނިމުމުންނެވެ.

" އަޅުގަނޑުމެންނަށް ފެނިގެންމިދަނީ މީގެ ކުރިން ނާންނަ ބަދަލުތަކެއް މުޅި ދުނިޔެއަށް އަންނަމުންދާ ތަން. އެމެރިކާއާއި ޔޫރަޕާއި ޗައިނާއަށް އަރާފައިވާ ގަދަ ހޫނުގެ ރާޅުތައް އެދަނީ ހުރިހާ ރިކޯޑުތަކެއް މުގުރަމުން"، މިދިޔަ ބުރާސްފަތި ދުވަހު ނާސާގައި ރިޕޯޓަރުންނާއި ވާހަކަދައްކަވަމުން މޫސުމީ ތަޖުރިބާކާރު ގެވިން ޝްމިޓް ވިދާޅުވިއެވެ.

މޫސުމީ ނިޒާމެއްކަމަށްވާ އެލްނީނޯއަކީ މިކަމުގެ ހަމަ އެކަނި ސަބަބުކަމުގައި ވިދާޅުވެވެން ނެތްކަމަށްވެސް ނޫސްވެރިންގެ ގާތުގައި ގެވިން ޝްމިޓް ވިދާޅުވެފައިވެއެވެ.



ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއު. އެޗް.އޯއިން ބުނާ ގޮތުގައި ދުނިޔޭގެ އެކި ސަރަހައްދުތަކަށް އަރާފައިވާ ގަދަ ހޫނުގެ ރާޅުތަކުގެ ސަބަބުން ދުނިޔޭގެ ޞިއްޙީ ނިޒާމަށް ދަނީ އާދަޔާއި ޚިލާފަށް ބުރަބޮޑުވަމުންނެވެ. މިނޭދެވޭ މޫސުމީ ބަދަލުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބެމުންދަނީ ދުވަސްވީ މީހުންނާއި ކިރުތުނބުން ނުވީއްލޭ ވަރުގެ ތުއްތުކުދިންނާއި ކުޑަކުދިންނަށްކަމަށް ޑަބްލިއު.އެޗް.އޯއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން