މޫސާ ޢަލީ (ހާސާ)   24 ޖުލައި 2023 - 15:7
މަޝްހޫރުކަން ހޯދާފައިވާ ޓްވިޓަރގެ ނޫކުލައިގެ "ދޫނި ޝިޢާރު" އިނގިރޭސި އަލިފުބާގެ އެކްސް އަކުރަށް ބަދަލުކުރަން ނިންމާފައިވާކަމަށް ޓްވިޓަރ ހިންގާ އެކްސް ކޯޕް ކުންފުނީގެ ވެރިޔާ އީލާން މަސްކް ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރު އީލާން މަސްކް ޓްވިޓަރ ބައްލަވައިގަތީ 44 ބިލިއަން ޑޮލަށެވެ. މިއީ އެއަށް ފަހު ޓްވިޓަރއަރ އައިސްފައިވާ ގިނަ ބަދަލުތަކެއްގެ ތެރެއިން ބޮޑު އެއްބަދަލުކަމަށް ޚަބަރުތައް ބުނެއެވެ.

އިއްޔެ ކުރަށްވަން ފެއްޓެވި ސިލްސިލާ ޓްވީޓްތަކެއްގައި މަސްކް ވިދާޅުވި ގޮތުން، ޓްވިޓަރގެ ޝިޢާރަށް މިބަދަލު މިއަދުގެ ވަގުތެއްގައި އައުން ވަރަށް ގާތެވެ.

"ވަރަށް އަވަހަށް ޓްވިޓަރ މަރުކާއަށް އަޅުގަނޑުމެން އަލްވަދާޢުކިޔާނަން. އަދި ލަސްލަހުން ހުރިހާ ދޫންޏަކަށް އަޅުގަނޑުމެން އަލްވަދާޢުކިޔާނަން"، އިއްޔެ މަސްކު ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން