އިންޑިއާގެ ކެރަލާ ސްޓޭޓުގެ ތިރުވަނަންތަޕޫރަމް ވައިގެ ބަނދަރުން ފުރިތާ ދެގަޑިއިރުފަހުން އެއާއިންޑިއާގެ މަތިންދުއްވާ ބޯޓަކަށް ދިމާވި މައްސަލަޔަކާއި ގުޅިގެން މިބޯޓުގެ މިސްރާބު ބަދަލުކޮށް އަނބުރާލާފައި ގޮސް، އުދުއްސައިގަތް ބަނދަރަށް ޖައްސައިފިއެވެ.

މިބޯޓު ތިރުވަނަންތަޕޫރަމް ވައިގެ ބަނދަރުން 174 ފަސިންޖަރުންނާއިއެކު އުދުއްސައިގަތީ ދުބާއީއަށް ދާށެވެ. ނަމަވެސް އުދުއްސައިގަތްތާ ކުޑައިރުކޮޅެއް ފަހުން ބޯޓުގެ އެއާކަންޑިޝަން ނިޒާމަށް މައްސަލައެއް ކުރިމަތިވުމާއި ގުޅިގެން ބޯޓުގެ މިސްރާބު ބަދަލުކޮށް، އެންމެ ގާތުން އަތުޖެހުނު ބަނދަރަށް ބޯޓު ތިރިކުރީއެވެ.

މިބޯޓުގައި ތިބި ފަސިންޖަރުންގެ ހާލު ހެއުކަމަށާއި އެހެން ބޯޓެއްގައި އެމީހުން ދުބާއީއަށް ވަރަށް އަވަހަށް ފުރުވާލެވޭނެކަމަށް އެއާއިންޑިއާއިން ބުނެއެވެ. އެއާއިންޑިއާގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ވައިފިނިކުރާ ނިޒާމަށް ދިމާވި މައްސަލަ ދިމާވެފައިވަނީ ބޯޓު އުދުއްސައިގަތް ފަހުންނެވެ. އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދަތުރު ދިގުނުކޮށް އައިކޮޅަށް ބޯޓު އަނބުރާލީކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން