ޢިރާގުގެ އުމުރުން ދިހަ އަހަރުވީ އަންހެން ކުއްޖަކު ކަމުގެ އެއްވެސް ނިޔަތެއް ނެތި ޓިކްޓޮކް ވީޑިއޯއަކުން ފެނިފައިވާތީ، އޭނާގެ ބައްޕަ އޭނާ މަރާލައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އަންހެނުންގެ ޙައްގުތައް ހޯދައިދިނުމަށް ޢިރާގުގައި މަސައްކަތްކުރާ ޖަމާޢަތަކުންނެވެ. ޢިރާގުން ލިބޭ ޚަބަރުތައް ބުނާ ގޮތުގައި މިޖުއްޖާގެ ބައްޕަ މިކުއްޖާ މަރާލީ ޢިރާގުގެ ދެކުނުގެ ދީވާނިއްޔަތު ޕްރޮވިންސުގައި މިކުއްޖާ ފެންނަ ވީޑިއޯ ދައުރުވާން ފެށުމާއި ގުޅިގެންނެވެ.

މިކުއްޖާ މަރާލާފައިވަނީ، މިކުއްޖާގެ ޖިސްމަށް ވަރަށް ގިނަ އަނިޔާތައް ދިނުމަށްފަހު، ކަރުގައިހިފާ، ނޭވާ ހާސްކޮށްލައިގެންނެވެ. މިކުއްޖާއަށް ބައްޕަ ދެމުންދިޔަ އަނިޔާތައް ހުއްޓުވޭތޯ އަދި މިކުއްޖާ މަރުން ސަލާމަތްކުރެވޭތޯ މިކުއްޖާގެ މަންމަ ވަރަށް ބޮޑަށް މަސައްކަތްކުރިކަމަށް ޢިރާގުގެ ނޫސްތަކުން ބުނެއެވެ.

މިކުއްޖާގެ ބައްޕަ މިކުއްޖާ މަރާލީ، މިކުއްޖާ ބޮޑުވުމަށްފަހު އާއިލާއަށް މިކުއްޖާގެ ފަރާތުން "ލަދާއިތަދު" ލިބިދާނެކަމުގެ ބިރަށްކަމަށް މިކުއްޖާގެ މަންމަ ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން