އެކުވެރި ޢަރަބި އިމާރާތުގެ (ޔޫ.އޭ.އީގެ) ރައީސް އަދި އަބޫދާބީގެ ވެރިޔާ ( ޙާކިމު) މުޙައްމަދް ބިން ޒައިދް އާލް ނަހްޔާންގެ އެއްބަފާ ކޮއްކޯފުޅު ސަޢީދް ބިން ޒައިދް ބިން ސުލްޠާން އާލް ނަހްޔާން އިއްޔެ އަވަހާރަވުމާއި ގުޅިގެން ގައުމީ ހިތާމައިގެ ތިން ދުވަސް ކަނޑައަޅުއްވައިފިއެވެ.
ގައުމީ ހިތާމައިގެ މިތިންދުވަސް ފެށިފައިވަނީ އިއްޔެއިން ފެށިގެންނެވެ. އަދި ނިމޭނީ މާދަމާއެވެ. އަވަހާރަވީއިރު، ސަޢީދު ހުންނެވީ އަބޫ ދާބީގެ ވެރިޔާގެ މަންދޫބެއްގެ މަގާމުގައިއެވެ. އިއްޔެގެ މެންދުރު ނަމާދަށްފަހު ސަޢީދުގެ މައްޗަށް ކަށުނަމާދުކުރެވިފައިވަނީ އަލްބަޠީންގައި ހުންނަ ޝައިޚް ސުލްޠާން ޒައިދް މިސްކިތުގައިއެވެ. އަދި އިމާރާތުގެ ހުރިހާ މިސްކިތެއްގައި ސަޢީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރެވުނެވެ.
ސަޢީދުއަށް ތަޢުދިޔާކިޔުމުގެ ކަންތައް ހަމަޖެހިފައިވަނީ އަބޫދާބީގެ މުޝްރިފް ގަނޑުވަރުގައިއެވެ. ސަޢީދު އުފަންވެވަޑައިގަތީ 1965 ވަނަ އަހަރު އަލް ޢައިންގައިއެވެ. އޭނާވަނީ ޔޫ.އޭ.އީ ޔުނިވާސިޓީއިން 1988 ވަނަ އަހަރު ޕޮލިޓިކަލް ސައިންސުން ފުރަތަމަ ޑިގްރީ ޙާޞިލުކުރަށްވާފައިއެވެ.
އެންމެ ފުރަތަމަ އޭނާ އަދާކުރެއްވި ވަޒީފާއަކީ ޑިޕާޓްމަންޓް އޮފް ޕްލޭނިންގްގެ އަންޑަރ ސެކްރެޓަރީއެއްގެ މަގާމެވެ. 1991 ވަނަ އަހަރުން 1996 ވަނަ އަހަރަށް އޭނާވަނީ ޑިޕާޓްމަންޓް އޮފް ސީޕޯޓްސްގެ ޗެއާމަންކަމުގެ މަގާމު އަދާކުރަށްވާފައިއެވެ.

ކިޔުންތެރިންގެ ހިޔާލު