ގާނޫނަކަށް ގެނައި ބަދަލަކާއި ގުޅިގެން އިސްރާއީލުގެ ޓެލް އަވީވްގެ މަގުތަކަށް އަނެއްކާ އެތައް ހާސް ބަޔަކު ނުކުމެ މުޒާހަރާކުރަން ފަށައިފިއެވެ.

ޓެލް އަވީވްގެ މަގުތަކުގައި މުޒާހަރާކުރަން ފަށާފައިމިވަނީ ބޮޑުވަޒީރު ބެންޖަމިން ނެޓަންޔާހޫގެ ސަރުކާރާއި އަދި ސަރުކާރަށް ތާޢީދުކުރާ މެމްބަރުން ގާނޫނަކަށް މިދިޔަ ހޯމަ ދުވަހު ގެނެސްފައިވާ ބަދަލަކާއި ގުޅިގެންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ގާނޫނަށް މިބަދަލު ގެނައުމާއި ގުޅިގެން، ކޯޓުތަކުގެ ބާރު ކުޑަވެ، ސަރުކާރު ހިންގާފަރާތުގެ ބާރުތައް އިންތިހާޔަށްވަނީ އިތުރުވެފައިއެވެ.

ފާސްކުރި އިޞްލާޙުން ގާނޫނަށް ގެންނައި ބަދަލާއި ގުޅިގެން ސަރުކާރުން ނިންމާ ނިންމުންތައް އެނޫން ގޮތަކަށް ބަދަލުކުރުމަށް ސުޕްރީމް ކޯޓަށް ކުރިން އޮތް ގާނޫނީ ބާރު މިހާރުވަނީ މަޙްދޫދުވެފައިއެވެ (ލިމިޓްވެފައިއެވެ).

މިއިޞްލާޙެއް ގެނައުމަށް މިއަހަރުގެ ކުރީކޮޅުގައި ސަރުކާރުން މަސައްކަތްފެށި ހިސާބުން އިސްރާއީލުގައި މުޒާހަރާތައް ފެށިގެން ގޮސްފައިވެއެވެ. މިގޮތުން މިދިޔަ ޖެނުއަރީ މަހު ވަރަށް ބޮޑެތި މުޒާހަރާތައް މިއިޞްލާހާއި ދެކޮޅަށް އިސްރާއީލުގައި ކުރެވިގެން ދިޔައެވެ.

އިއްޔެ އަލުން މުޒާހަރާތައް ފަށާ، ޓެލް އަވީވްގެ މަގުތަކަށް އެއްވި މީހުންވަނީ އިސްރާއީލުގެ ދިދަތައް އުފުލަމުން ޑިމޮކްރަސީއޭ ޑިމޮކްރަސީއޭ ގޮވާ ވަރަށް ބާރަށް މަގުތަކުގައި އަޑު އުފުލާފައިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން