ރިޔާސީ އިތުރު ދައުރެއް ހޯއްދެވުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތްޕުޅު ކުރަށްވަމުންދަނީ ޖަލާއި ދުރުގައި ހުންނެވުމުގެ ބޭނުމުގައިކަމަށް ވިލް ހާޑް ތުހުމަތުކުރަށްވައިފިއެވެ.

އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ މަސައްކަތް ފަށްޓަވާފައިވާ އެމެރިކާގެ ތިރިގޭގެ ކުރީގެ މެމްބަރު ވިލް ހާޑް ވިދާޅުވި ގޮތުގައި ޢަދުލުގެ މަރުކަޒީ ނިޒާމުގެ ފަރާތުން ރައީސް ޓްރަންޕާއި ދެކޮޅަށް އެންމެ ފަހުން އުފުލާފައިވާ ދަޢުވާތަކުގެ ސަބަބުން ޖަލާއި ދުރުގައި ހުންނެވުމުގެ ފުރުޞަތު ޓްރަމްޕަށް މިހާރު ވަނީ ވަރަށް ބޮޑަށް ހަނިވެފައިއެވެ.

"ރިޔާސީ ރޭހުގައި ޑޮނަލްޑް ޓްރަމްޕް ވާދަކުރަށްވައިގެން އެއުޅުއްވަނީޔަކީ އަލުން އެމެރިކާ މަތިވެރި މޮޅު ގައުމަކަށް ހެއްދެވުމުގެ ބޭނުމަކު ނޫން. ގައުމުން ބޭރުގައިވާ އަޅުގަނޑުމެންގެ މަޞްލަޙަތުތައް ޙިމާޔަތްކުރަށްވާކަށްވެސް ނޫން. އެއުޅުއްވަނީޔަކީ 2016 އާއި 2020 ގައި ޓްރަމްޕަށް ވޯޓުދިން މީހުން ތަމްސީލުކުރަށްވާކަށްވެސް ނޫން. އެކަމުގައި ޓްރަމްޕް އެއުޅުއްވަނީ ޖަލާއި ދުރުގައި ހުންނެވުމުގެ ބޭނުމުގައި"، ސީ.އެން.އެންގައި ވާހަކަފުޅުދައްކަވަމުން ހާޑް ވިދާޅުވެފައިވެއެވެ.

ހާޑް ވިދާޅުވި ދަޢުވާ އެމެރިކާގެ ޖަސްޓިސް ޑިޕާރޓްމަންޓުން (ޢަދުލުގެ މަރުކަޒީ ނިޒާމުން) ޓްރަމްޕާއި ދެކޮޅަށް އުފުލާފައިވަނީ މިދިޔަ ބުރާސްފަތިދުވަހުއެވެ. މިއީ ދައުލަތުގެ ސިއްރު ލިޔެކިޔުންތައް ގެންގުޅުއްވުމުގައި ޓްރަމްޕް އިހުމާލެއް ވެވަޑައިގެންފައިވާކަމަށް ބުނެ، ޢަދުލުގެ މަރުކަޒީ ނިޒާމުގެ ފަރާތުން ޓްރަމްޕާއި ދެކޮޅަށް އެންމެ ފަހުން އުފުލި ދަޢުވާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން