ސިންގަޕޫރުގެ ހަތް ސެޓެލައިޓް، ރޮކެޓެއްގައި ހަރުކޮށްފައި މާދަމާ ހެނދުނު 6.30 ގައި އިންޑިއާއިން ފަޒާޔަށް އުދުއްސާލާނެކަމަށް ޚަބަރުތައް ބުނެފިއެވެ.

މިރޮކެޓް މާދަމާ އުދުއްސާލާނީ އިންޑިއާގެ އަންދްރާ ޕްރަދޭޝް ސްޓޭޓުގެ ރަށެއްކަމަށްވާ ސްރީހަރިކޮޓާގައި އޮންނަ ރޮކެޓް އުދުއްސާ ބަނދަރުންނެވެ. މިއީ އިންޑިއާގެ ފަޒާއާބެހޭ ދިރާސާތައްކުރާ އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަނުން (އިސްރޯއިން) ވިޔަފާރީގެ އުސޫލުން މިއަހަރުގެ ތެރޭގައި އުދުއްސާލާ މިފަދަ ތިންވަނަ އުދުއްސުންކަމަށްވެއެވެ.

"ރޮކެޓް އުދުއްސާލުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތަކުގެ ވަގުތު، މިއަދު ފަތިހު ފަސްގަޑި އެއް ސިކުންތުން ފެށިގެން ގުނަން ފަށައިފިން"، ނޫސްވެރިޔަކާއި ވާހަކަދައްކަވަމުން އިސްރޯގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިހަތް ސެޓެލައިޓް އިންޑިއާއިން އުދުއްސާލާނީ ޕީ.އެސް.އެލް.ވީ ރޮކެޓެއްގައިއެވެ. ހަމަޖެހިފައިވާ ގޮތަށް ކާމިޔާބުކަމާއިއެކު މާދަމާ މިސެޓެލައިޓްތައް ފަޒާއަށް އުދުއްސާލެވިއްޖެނަމަ، 1999 ވަނަ އަހަރުން ފެށިގެން މިހާތަނަށް 36 ގައުމެއްގެ 431 ސެޓެލައިޓް އިންޑިއާއަށް އުދުއްސާލެވުނީއެވެ.

މިއަހަރުގެ މާޗު މަހު އިންޑިއާއިންވަނީ އިނގިރޭސިވިލާތުގެ ވަންވެބް ކުންފުނީގެ 36 ސެޓެލައިޓެއް ކާމިޔާބުކަމާއިއެކު ފަޒާޔަށް އުދުއްސާލާފައިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން