މިދިޔަ ހަފުތާ ނިމެން އުޅެނިކޮށް ރޫސީވިލާތުގެ ދިފާޢީ ވަޒީރު ސަރްގެއި ޝޮއިގޫ އުތުރުކޮރެއާއަށް ވަޑައިގަތީ، ހަތިޔާރު ހޯއްދެވުމަށްކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކަން މިއަދު ވިދާޅުވެއްޖެއެވެ.
ބްލިންކަން ވިދާޅުވި ގޮތުގައި ޝޮއިގޫގެ މިދަތުރުފުޅުގެ ބޭނުމަކީ ޔުކްރޭނުގައި ރޫސީވިލާތުން ހިންގަމުންދާ އަސްކަރީ ހަރަކާތަށް ބޭނުންވާ ހަތިޔާރު އުތުރުކޮރެއާއިން ހޯއްދެވުމެވެ. އަދި ބްލިންކަން ވިދާޅުވި ގޮތުގައި ރޫސީން ދަނީ އެމީހުންގެ އެހެނިހެން ރަޙުމަތްތެރިންގެ ކިބައިންވެސް ހަތިޔާރަށް އެދެމުންނެވެ.
”އެއުޅުއްވަނީ ޗުއްޓީ ދަތުރުފުޅެއްގައެއް ނޫން" ، އޮސްޓްރޭލިއާގައި ހުންނަވާފައި ބްލިންކަން މިއަދު ވިދާޅުވިއެވެ.
ބްލިންކަން ވިދާޅުވި ގޮތުގައި ރޫސިންދަނީ ލިބުނު ކޮންމެ ދިމާޔަކުން ހަތިޔާރު ހޯދުމުގެ މަސައްކަތްކުރަމުންނެވެ.
"އަޅުގަނޑުމެންނަށް އުތުރުކޮރެއާއިން އަދި އީރާނުން މިކަން އެބަފެނޭ. އީރާނުންވަނީ ރޫސީވިލާތަށް ވަރަށް ގިނަ އަދަދަކަށް ޑްރޯން ދީފައި"، ބްލިންކަން ވިދާޅުވިއެވެ.
އުތުރުކޮރެއާށް ޝޮއިގޫ ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ އެންމެ މަތީވެރިޔާ ކިމް ޖޮންގް އުންއާއި ބައްދަލުކުރަށްވާފައިއެވެ. އެދެބޭފުޅުންގެ ބައްދަލަވުން ސިފަކޮށްދެމުން އުތުރުކޮރެއާގެ ނޫސްތަކުން ބުނެފައިވަނީ އެއީ ރަޙްމަތްތެރިކަމުގެ ވާހަކަފުޅުތަކެއް ދެކެވިގެން ދިޔަ ބައްދަލުވުމެއް ކަމަށެވެ.
ރޫސީވިލާތަކީ އުތުރުކޮރެއާގެ ޒަމާންވީ ރަޙްމަތްތެރިއެކެވެ. ބްލިންކަންގެ ވާހަކަފުޅަށް ރޫސީވިލާތުން މިވަގުތަށް އަދި ޖަވާބެއްދީފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި ބްލިންކަންގެ މިތުހުމަތަށް ރޫސީވިލާތުން ވަރަށް އަވަހަށް ރައްދުދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު