ބޮލީވުޑުގެ މެގަ ސްޓާރ އަމީތާބް ބައްޗަން ކޯވިޑް-19 އަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ. އަމީތާބު މިއަދު އެޑްމިޓް ކުރީ، މުމްބާއީގެ ނާނާވަތި ހޮސްޕިޓަލްގައެވެ.
ޢުމުރުން މިހާރު 77 އަހަރު ވެފައިވާ އަމީތާބް ކޮށްފައިވާ ޓްވީޓެއްގައި ވަނީ، މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި އެނދުމަތި ވެއްޖެ ކަމަށާއި، އެކަމާ ގުޅިގެން ޢާއިލާގެ ހުރިހާ މެމްބަރުންނާއި، އޭނާގެ މުވައްޒަފުން ކޯވިޑް-19 އަށް ޓެސްޓް ކޮށްފައިވާ ކަމަށެވެ. އަދި މިވަގުތު އިންތިޒާރު ކުރަމުންދަނީ ނަތީޖާއަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.
އަމީތާބުގެ ޓްވީޓްގައި ވަނީ ފާއިތުވީ 10 ދުވަހު އޭނާއާއި ބައްދަލުވެފައިވާ ހުރިހާ ފަރާތްތަކުންވެސް ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް އެދިފައެވެ.
އަމީތާބް އެޑްމިޓް ކޮށްފައިވާ ހޮސްޕިޓަލާއި ޙަވާލާދީ ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މިވަގުތު އަމީތާބްގެ ޙާލު ރަނގަޅެވެ. އަމީތާބް ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ދަނީ، މީސް މީޑިއާގައި އޭނާއަށް އަވަސް ޝިފާއަކަށް އެދި ހެޔޮ އެދުންތައް ފޮނުވަމުންނެވެ.
އަމީތާބް އެންމެ ފަހުން ފެނިފައިވަނީ، އައުޝްމަން ކުރާނާއާއެކު ޝޫޖިތު ސިރުކާރުގެ ފިލްމު ގުލާބޯ ސިތާބޯ އިންނެވެ. މިވަގުތު އަމީތާބު މަސައްކަތް ކުރަމުންދަނީ ކޯން ބަނޭގާ ކްރޯޑްޕަތީގެ 12 ވަނަ އެޑިޝަނުގައެވެ. އަމީތާބުގެ ކުރިއަށް އަންނަންހުރި ފިލްމު ތަކުގެ ތެރޭގައި ޗެހެރާ، ބްރަހަމަސްތުރާ އަދި ޖުންދު ހިމެނެއެވެ.

T 3590 -I have tested CoviD positive .. shifted to Hospital .. hospital informing authorities .. family and staff undergone tests , results awaited ..
— Amitabh Bachchan (@SrBachchan) July 11, 2020
All that have been in close proximity to me in the last 10 days are requested to please get themselves tested !
އަމީތާބުގެ ޓްވީޓްގައި ވަނީ ފާއިތުވީ 10 ދުވަހު އޭނާއާއި ބައްދަލުވެފައިވާ ހުރިހާ ފަރާތްތަކުންވެސް ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް އެދިފައެވެ.
އަމީތާބް އެޑްމިޓް ކޮށްފައިވާ ހޮސްޕިޓަލާއި ޙަވާލާދީ ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މިވަގުތު އަމީތާބްގެ ޙާލު ރަނގަޅެވެ. އަމީތާބް ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ދަނީ، މީސް މީޑިއާގައި އޭނާއަށް އަވަސް ޝިފާއަކަށް އެދި ހެޔޮ އެދުންތައް ފޮނުވަމުންނެވެ.
އަމީތާބް އެންމެ ފަހުން ފެނިފައިވަނީ، އައުޝްމަން ކުރާނާއާއެކު ޝޫޖިތު ސިރުކާރުގެ ފިލްމު ގުލާބޯ ސިތާބޯ އިންނެވެ. މިވަގުތު އަމީތާބު މަސައްކަތް ކުރަމުންދަނީ ކޯން ބަނޭގާ ކްރޯޑްޕަތީގެ 12 ވަނަ އެޑިޝަނުގައެވެ. އަމީތާބުގެ ކުރިއަށް އަންނަންހުރި ފިލްމު ތަކުގެ ތެރޭގައި ޗެހެރާ، ބްރަހަމަސްތުރާ އަދި ޖުންދު ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު