އަބީޝެކް ބައްޗަން. މިއަދު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި.
އަބީޝެކް ބައްޗަން. މިއަދު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި.
ބޮލީވުޑް މެގަރ ސްޓަރ އަމީތާބު ބައްޗަންގެ ދަރިފުޅު އަބީޝެކް ބައްޗަންވެސް ވެސް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އަބިޝެކް ކުރި ޓްވީޓެއްގައި ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

އަބީޝެކް ބުނެފައިވަނީ އޭނާ ހޮސްޕިޓުގައި އެޑްމިޓް ކޮށްފި ކަމަށާއި، ބައްޕައާ ދެބަފައިންގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެކަން އަންގަން ޖެހޭ ހުރިހާ ފަރާތްތަކަށް އަންގާ، އާއިލާއާއި މުވައްޒަފުންވެސް ޓެސްތް ކުރަމުން ދާ ކަމަށެވެ. އޭނާ އިތުރަށް ބުނެފައި ވަނީ އެންމެންވެސް ޕެނިކް ނުވެ ކެތްތެރިކަމާއެކު ތިބުމަށް އެދޭ ކަމަށެވެ.



އަބީޝެކް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު މިރޭ ވަނީ އޭނާގެ ބައްޕަ އަމީތާބު ބައްޗަން ކޮވިޑަށް ޕޮޒިޓިވް ވެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. އެކަމާ ގުޅިގެން ދެމީހުންވެސް އެޑްމިޓް ކޮށްފައިވަނީ މުމްބާއީ، ނާނާވަތި ހޮސްޕިޓަލްގައެވެ.

ކޯވިޑް19 އަށް ޕޮޒިޓިވް ވެ ހޮސްޕިޓަލްގައި އަމީތާބު އެޑްމިޓް ކުރިކަން، ހާމަކޮށްފައިވަނީ އަމީތާބު އަމިއްލައަށް ކުރި ޓްވީޓެއްގައެވެ.

އަބީޝެކަކީ އަމީތާބުގެ ދަރިއަކަށް ވުމުގެ އިތުރުން ކުރީގެ ރީތީގެ ރާނީ އަދި ބޮލީވުޑް ތަރި އައިޝްވާރިއާ ރާއީގެ ފިރިމީހާވެސް މެއެވެ. އަމީތާބްގެ ބައްޗަން ޢާއިލާއަކީ ބޮލީވުޑްގައި އެންމެ ނުފޫޒްގަދަ އެއް ޢާއިލާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން