ޗައިނާއަށް ޖާސޫސްކޮށްދިނުމުގެ ތުހުމަތުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިދެމީހުން ހައްޔަރުކުރެވިފައިވަނީ ނަގުދުން އަގެއް ހޯދައިގެން ޗައިނާއަށް ޖާސޫސްކޮށްދީފައިވާތީއެވެ. އެމެރިކާގެ ގައުމީ ދިފާޢާއިބެހޭ މަޢުލޫމާތު މިދެމީހުން ޗައިނާއަށް ފޯރުކޮށްދީފައިވާކަމަށް އޭބީސީ ނޫހުން ބުނެއެވެ.

ހައްޔަރުކުރެވުނު ދެމީހުންގެ ތެރެއިން އުމުރުން 22 އަހަރުގެ ޖިންޗާއޯ ވެއި ހައްޔަރުކުރެވިފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މެޝިނިސްޓެއްގެ އެހީތެރިއެއްގެ ވަޒީފާގައި، މީނާ މަސައްކަތްކޮށްފައިވަނީ ޔޫ.އެސް.އެސް އެސެކްސްކިޔާ ގޮނޑުދޮށަށް ކައިރިކުރެވޭ ވައްތަރުގެ މަނަވަރެއްގައިއެވެ.

ކަނޑުގެ ސިފައިންގެ ދެވަނަ މީހާވެސް ހައްޔަރުކުރެވިފައިވަނީ މިދިޔަ ބުދަދުވަހުއެވެ. ހައްޔަރުކުރެވުނު ވެންހެންގް ޒާއޯގެ މައްޗަށް މިހާރުވަނީ ރިޝްވަތު ހިފުމުގެ ދަޢުވާ އުފުލިފައިއެވެ. އުމުރުން 26 އަހަރުގެ ޒާއޯ މަސައްކަތްކޮށްފައިވަނީ ޕޯޓް ވައިނީމީގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަރުކަޒުގައިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން