އެމެރިކާގެ އަންހެނެއް، ދެދަރިންގެ މަންމައެއް، މާގިނައިން ފެންބުޔުމުގެ ސަބަބުން މަރުވެއްޖެއެވެ. އޭނާވަނީ ވިހި މިނެޓުތެރޭ ދެލީޓަރު ފެންބޮއެފައިއެވެ.



ޚަބަރުތައް ބުނާ ގޮތުން އެޝްލީ ސަމާރސް މަރުވި ދުވަހުގެ ހެނދުނު އޭނާއުޅުނީ ވަރަށް ބޮޑަށް ކަރުހިއްކާތީއެވެ. ކަރުހިއްކުން ފިލުވުމަށްޓަކައި އެޝްލީ ފުރަތަމައިނުން ބުއިކަމަށްވަނީ 500 މިލިލީޓަރުގެ ފެންފުޅިއެކެވެ. އަދި ދެން ކުރިޔަށް ހިނގި ވިހި މިނެޓުތެރޭ އޭގެ އިތުރު ތިންފުޅި ފެން އޭނާ ބުއިކަމަށްވެއެވެ.

އެދުވަހުގެ ފަހުގެ ވަގުތެއްގައި އެނބުރި ގެޔަށް ދިޔަ ތަނާހެން ގޭގެ ގަރާޖުގެ ތެރެއަށް އޭނާ ވެއްޓުނުކަމަށް ޚަބަރުތައް ބުނެއެވެ. ލަސްނުކޮށް، އޭނާގެ ފިރިމީހާ އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ.

އެޝްލީގެ ބަލި ބެއްލެވި ޑޮކްޓަރުންގެ ތަޙްގީގުން އޭނާގެ ސިކުނޑި ދުޅަވެފައިވާކަން އެނގުނެވެ. އިތުރަށް ބެއްލެވި ބެއްލެވުމުން، އެޝްލީ ބުއި ފެނުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ވިހައިގެ އަސަރުކޮށްފައިވާކަން ޑޮކްޓްރުންނަށް އެނގިވަޑައިގަތެވެ.

ބައެއް މީހުން މިހެން ވިހަވަނީ، ހަށިގަނޑަށް މާގިނައިން ފެން އެތެރެވާއިރު، ހަށިގަނޑުގެ އެތެރޭގެ ތަރާދުގެ ހަމަހަމަކަން ގެއްލޭ ގޮތަށް ހަށިގަނޑުގައި ލޮނުގެ ބާވަތް މަދުވުމުންކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން