ސްރީލަންކާގެ ކުރީގެ ރައީސް އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ދޮށީ ފިރިހެން ދަރިކަލުން ނަމާލް ރާޖަޕަކްސައަށް ކަރަންޓު ބިލެއްގެ މައްސަލަ ކުރިމަތިވެ ވަޑައިގެންފިއެވެ.

ނަމާލްގެ ނަންފުޅުގައި ބޭނުންކޮށް ފައިސާ ނުދެއްކި އޮތް ކަރަންޓު ބިލެއްގެ މައްސަލަ ކުރިމަތިވެ ވަޑައިގެންފައިވާތީ ސިލޯން އިލެކްޓްރިސިޓީ ބޯޑާއި ގުޅުއްވަވާ އެމަޢުލޫމާތު ސާފުކުރަށްވާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ސްރީލަންކާގައި ހިންގަމުންދާ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީކަމުގައިވާ އެސް.އެލް.ޕީ.ޕީގެ ފަރާތުން އެގަމުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރަށްވަމުން ގެންދަވާ ނަމާލްއަށް ކުރިމަތިވެ ވަޑައިގެންފައިވާ ކަރަންޓު ބިލުގެ މައްސަލަ ފެށިފައިވަނީ 2019 ގައި އޭނާ ބޭއްވެވި ކައިވެނި ޕާޓީއަކާއިކަމަށް ޖޭ.ވީ.ޕީ ޕާޓީގެ ކުރީގެ ޕްރޮވިންސަލް ކައުންސިލް މެމްބަރެއްކަމުގައިވާ ނަލީން ހެވަގެ ވިދާޅުވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިލޯން އިލެކްޓްރިސިޓީ ބޯޑުން މިހާރުވަނީ އެބިލާބެހޭ ހުރިހާ މަޢުލޫމާތެއް ނަމާލްއަށް އަރުވާފައިއެވެ. އެއީ 2019 ގައި އޮތް ކައިވެނި ޕާޓީއެއްގައި ބޭނުންކޮށްފައިވާ ކަރަންޓަށްވާ، މިހާތަނަށް ނުދެއްކި އޮތް ފައިސާގެ ބިލެއްކަމަށް ހެވަގެ ވިދާޅުވިއެވެ.

މިކަރަންޓު ބިލަށް ދައްކަންޖެހޭ ކަމަށް އަދި މިހާތަނަށް ނުދައްކާ އޮތްކަމަށް ފެންނަން އޮތީ ސައްބީސް މިލިއަން ރުޕީސްއެވެ. މިއީ ތިން ދުވަހެއްގެ މަތިން ބޭނުންކޮށްފައިވާ ކަރަންޓުގެ ޚިދުމަތަށް ދައްކަންޖެހޭ ފައިސާކަމަށް ހެވަގެ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން