ރޭ އަޅުކަމާއި އެއްވަރުގެ ދަރަޖަ ލިބެނިވި ޢަމަލުތައް:
1- އިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާޢަތުގައި އަދާކުރުން:
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފަވެއެވެ.
مَنْ صَلَّى الْعِشَاءَ فِيْ جَمَاعَةٍ فَكَأَنمَّاَ قَامَ نِصْفُ اللَّيْلِ وَمَنْ صَلَّى الصُّبْحَ فِيْ جَمَاَعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ (ރަވާހު އަބޫދާއޫދު)
މާނަ: "އިޝާ ނަމާދު ޖަމާއަތުގައި އަދާކޮށްފިމީހާ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި އަޅުކަންކުރި ފަދައެވެ. އަދި ފަތިސް ނަމާދު ޖަމާއަތުގައި އަދާކޮށްފިމީހާ މުޅި ރޭގަނޑު އެއްކޮށް ނަމާދު ކުރި ފަދައެވެ."
ވީމާ، ޖަމާއަތުގައި ނަމާދު އަދާކުރުމަށް ސަމާލުކަންދޭންވާނެއެވެ.
2- މެންދުުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތްކުރުން:
ރަސޫލާ ޞަލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފަވެއެވެ. "މެންދުރު ނަމާދުގެ ކުރިން ކުރެވޭ ހަތަރު ރަކުއަތަކީ ދަމު ނަމާދާއި އެއްފަދަ އެއްޗެކެވެ." (ޞަޙީޙު ޖާމިއު)
3- ރޭގަނޑު ޤުރުއާނުން ސަތޭކަ އާޔަތް ކިޔެވުން:
މާތް ﷲ ރުއްސުންލެއްވި ތަމީމުއްދާރީގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. "ރޭގަނޑު ސަތޭކަ އާޔަތް ކިޔައިފިމީހާއަށް އެރޭ ރޭ އަޅުކަންކުރިކަމުގެ ދަރުމަ ލިޔުއްވާނެއެވެ." (ރަވާހު ތިރުމިޒީ)
4- ރޭގަނޑު ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔެވުން:
މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "ރޭގަނޑުގެ ވަގުތެއްގައި ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔަވައިފި މީހަކަށް އެކަން ފުދިގެންވެއެވެ." (ޞަހީހް ބުޚާރީ)
މިހަދީޘް ޝަރަހަ ކުރައްވަމުން އިމާމް ނަވަވީ ރަހިމަހު ﷲ ވިދާޅުވެފައިވެއެވެ. "ފުދިގެންވެއެވެ" އޮތް ބަހުގެ މުރާދަކީ އެރޭ ރޭއަޅުކަން ކުރުމުން ފުދިގެންވާ ވާހަކައެވެ. އަދިވެސް މިބަހުގެ މުރާދުގައި ބުނެވިގެންވެއެވެ، އެމީހަކަށް ޝައިޠާނާގެ ކިބައިން ފުދިގެންވެއެވެ.
މީގެ އިތުރުން ހުރިހާ އާފާތްތަކުން ސަލާމަތްވުމަށް ފުދިގެންވުމާއި މިހުރިހާ ކަމަކުން ފުދިގެންވުން މިބަހުގެ މުރާދު ކަމުގައި ބުނެވިގެންވެއެވެ.
5- ރިވެތި އަޚްލާޤް
މާތް ﷲ ރުއްސުންލެއްވި އައިޝާ ރަޟިޔަ ﷲ އަންހާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަނިކޮށް ތިމަންކަމަނާ އަޑުއެއްސެވީމެވެ. "މުޢުމިނަކު އޭނާގެ ކިބައިގައިވާ ރިވެތި އަޚްލާޤުގެ ސަބަބުން ރޭއަޅުކަންކުރާ އަދި ދުވާލު ރޯދައަށް ހުންނަ މީހެއްގެ ދަރަޖައަށް އުފުލިގެން ދެއެވެ." މި ޙަދީޘްފުޅަކީ އަލްބާނީ ރަހިމަހު ﷲ ޞައްހަކަން ކަށަވަރު ކުރައްވާފައި ޙަދީޘްފުޅެކެވެ.
6- ހުވަފަތް އަންހެނުންނާއި މިސްކީނުންނަށް އެހީތެރިވުމުގައި އުޅުން:
މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވެވިއެވެ. "ހުވަފަތް އަންހެނުންނާއި މިސްކީނުންނަށް ޚިދުމަތްކުރުމުގައި އުޅޭ މީހުން ﷲ ގެ މަގުގައި ޖިހާދުކުރާ ނުވަތަ ރޭއަޅުކަންކުރާ ނުވަތަ ދުވާލު ރޯދައަށް ހުންނަ މީހުންނާއި އެއްފަދައެވެ." (ބުޚާރީ)
7- ނިދުމުގެކުރިން ރޭ އަޅުކަން ކުރުމަށް ނިޔަތްގަތުން:
މާތް ﷲ ރުއްސުންލެއްވި އަބޫދަރްދާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވެވިއެވެ. "ރޭއަޅުކަން ކުރުމުގެ ނިޔަތުގައި ނިދާ، ނިދި ގަދަވެގެން ދަމު ނަމާދަށް ހޭނުލެވިއްޖެނަމަ އޭނާ އެ ނިޔަތްގަތް ކަންތައް ކުރި މީހެއް ފަދައިން ލިޔުއްވޭނެތެވެ. އޭނާގެ ނިންޖަކީ ﷲ ސުބްޙާނަހޫ ވަތައާލާގެ ކިބައިން ދެއްވި ޞަދަޤާތެކެވެ." (ރަވާހު ނަސާއި އަދި އިބްން މާޖާ)
8- ރޭއަޅުކަމާއި އެއްފަދަ ޖަޒާ ލިބެނިވި އަމަލުތައް އެހެންމީހަކަށް ދަސްކޮށްދިނުން:
މިފަދަ ހެޔޮ އަމަލުތައް އެހެން މީހަކަށް ދަސްކޮށްދިނުމަކީ ތިބާއަށް ރޭއަޅުކަންކުރާ މިހާއަށް ލިބޭ ދަރުމަ ލިބޭނެ ކަމެކެވެ. އެހެނީ ހެޔޮކަމަކަށް މަގު ދައްކައިފިމީހާ އެކަންކުރި މީހަކާއި އެއްފަދަކަމުގައި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފަވެއެވެ.
އެހެންކަމުން އަޅުގަނޑުމެން އެންމެހާއި މުސްލިމް އަޅުތަކުންވެސް މިދަރުމައާއި ޘަވާބު ލިބިގަތުމަށް އަވަސްވެގަންނަމާ ހިނގާށެވެ.

ކިޔުންތެރިންގެ ހިޔާލު