މިދިޔަ ހުކުރު ދުވަހު އާންމުކުރި ގޫގުލް ކުންފުނީގެ ސިޔާސަތެއްގެ ދަށުން އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޭނުންނުކުރާތާ ގިނަދުވަސްވީ ޖީމެއިލްތައް ޑިލީޓްކުރެވިދާނެކަމަށް (ފުހެވިދާނެކަމަށް) އެކުންފުނިން ބުނެފިއެވެ.

ބޭނުންނުކުރާތާ ގިނަދުވަސްވީކަމަށް ބަލާނެ ގޮތް ކަނޑައަޅާފައިވާ މިސިޔާސަތުގެ ދަށުން އެއްވެސް ހަރަކާތެއް ނެތްކަމަށް ބެލެވޭ ޖީމެއިލްތައް ޑިސެމްބަރު އެކަކުން ފެށިގެން ޑިލީޓްކުރަން (ފުހެން) ފަށާނެކަމަށް ގޫގުލް ކުންފުނިން ބުނެއެވެ. ގޫގުލް ކުންފުނީގެ ހުރިހާ ޚިދުމަތެއްގެ މައްޗަށް މިސިޔާސަތު ހިންގޭނެއެވެ. އެގޮތުން ބޭނުންނުކުރާތާ ދެއަހަރު ވެފައިވާ ހުރިހާ ޖީމެއިލްއެއް އަދި އެކައުންޓެއް ޑިލީޓްކުރެވޭނެއެވެ. ގޫގުލް ކުންފުނިން ބުނި ގޮތުގައި ޖީމެއިލެއް ޑިލީޓްކުރާނީ ޖީމެއިލް ބޭނުންކުރާ ފަރާތުން އެއަށް ނުވަންނަތާ ދެއަހަރު ވުމުންނެވެ.

"ހަރަކާތެއް ނެތްކަމަށް ނިންމޭ ޖީމެއިލާއި އަދި އޭގައިވާ ހުރިހާ އެއްޗެއް ޑިލީޓްކުރަން ފަށާނީ ޑިސެމްބަރު އެކަނުން ފެށިގެން"، ގޫގުލް ކުންފުނިން ދީފައިވާ ސުންގަޑިއާމެދު ސަމާލުކުރުވުމުގެ ގޮތުން ގޫގުލް ކުންފުނިން ބުންޏެވެ.

މިސިޔާސަތުގެ ދަށުން ޑިލީޓްކުރެވޭ ޖީމެއިލެއްގެ ނަން އަލަށް ހަދާ ޖީމެއިލެއްގައި ބޭނުމެއް ނުކުރެވޭނެއެވެ. ނަމަވެސް، އެތައް ފަހަރެއްގެ މަތިން ޖީމެއިލް ބޭނުންކުރާ ފަރާތަށް އެންގުމަށް ފަހު، އެފަރާތުން އިޖާބައެއް ނުދިނުމުން މެނުވީ ޖީމެއިލެއް އެއްކޮށް ފޮހެނުލާނެކަމަށް އެކުންފުނިން ބުނެއެވެ. މިކަމަށް އަށްމަސް ދުވަހުގެ މުއްދަތެއް ދޭނެކަމަށް ގޫގުލް ކުންފުނިން ބުނެއެވެ.

ހުރިހާ ޚިދުމަތެއްގެ މައްޗަށް މިސިޔާސަތު ހިންގާނެކަމަށް ބުނެފައިވީނަމަވެސް، ޔޫޓިއުބް ޗެނަލްތައް ހަދައިގެން އުޅޭ ފަރާތްތަކުގެ ޗެނަލްތައް މިއާސިޔާސަތުގެ ދަށުން ނުފުހޭނެކަމަށް ގޫގުލް ކުންފުނިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން