ތުރުކީވިލާތަށް އައި ބަޣާވާތުގެ ޒަމާނުގައި އެގައުމުގެ ދުސްތޫރުގެ މައްޗަށް، ގާނޫނު އަސާސީގެ މައްޗަށް، އެގައުމުގެ އަސްކަރިއްޔާއިން ހިންގަމުންދިޔަ ނުފޫޒުގެ ފިކުރުން އެދުސްތޫރު މިނިވަންކުރެއްވުމުގެ މަސައްކަތްޕުޅު ފަށްޓަވާނެކަމަށް އެގައުމުގެ ރައީސް ރިސިޕް ޓައްޔިޕް އެރްދުގާން ވިދާޅުވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި ރިޕޯޓަރުންނާއި ވާހަކަފުޅުދައްކަވަމުން ރައީސް އެރްދުގާން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދުސްތޫރަކީ މަދަނީ އަދި މުތަޙައްރިރު (މިނިވަން) އެއްޗަކަށް ހެދުމެވެ. މިދިޔަ ޖޫންމަހު އާރިޔާސީ ދައުރަކަށް ހޮވިވަޑައިގެން ވެރިކަންކުރަށްވަމުން ގެންދަވާ ރައީސް އެރްދުގާން ވިދާޅުވީ ދުސްތޫރަށް ހެއު ބަދަލުތަކެއް ގެނައުމަކީ އޭނާގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ.

ތުރުކީއަށް 1982 ގައި ގެނައި އަސްކަރީ ބަޣާވާތަކަށްފަހު އެމައްޗަށް މިހާރު ޢަމަލުކުރަމުންދާ އެގައުމުގެ ދުސްތޫރަށް އެއަށްފަހު ވަރަށް ގިނަ ބަދަލުތައް ގެނެވިފައިވާކަމަށް ތުރުކީވިލާތުގެ ނޫސްތަކުން ބުނެއެވެ.

ރައީސް އެރްދުގާންގެ ސަރުކާރުން ދުސްތޫރަށް ގެންނަން ބޭނުންވެގެން އުޅޭ ބަދަލުތަކުގެ ތެރޭގައި ހިމެނޭ މައުޟޫޢުތަކަކީ ޙުއްރިއްޔަތާއި، އަމަނުގެ ޙައްގާއި، ޢަދުލުވެރި ޝަރީޢަތެއް ލިބުމުގެ ޙައްގާއި ދުލުގެ މިނިވަންކަމާއި އަންހެނުންނަށް ލިބެންޖެހޭ ޙައްގުތަކާއި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބެންޖެހޭ ޙައްގުތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން