ރިޝްވަތުގެ ކުށް ސާބިތުވެ ޖަލު ހުކުމް އިއްވާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ކުރިއަށް އޮތް 5 އަހަރު ދުވަހު، ޕާކިސްތާނުގެ ސިޔާސީ ކަންކަމުގައި ނޫޅެވޭނެކަން ހާމަކޮށް ރަސްމީ އަމުރެއް ނެރެފިއެވެ.
އިލެކްޝަންސް ކޮމިޝަން އޮފް ޕާކިސްތާން (އީސީޕީ)ގެ މި އެންގުމުގައި ވާ ގޮތުން، ސިޔާސީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވުމަށް ޚާންގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވެއެވެ. އަދި މިއާއެކު ޚާން ފުރުއްވަމުން ގެންދެވި ގާނޫނު ހަދާ މަޖިލީހުގެ ގޮނޑި މިހާރު ހުސްވެފައިވާކަމަށްވެސް އީސީޕީގެ އެންގުމުގައިވެއެވެ.
ޕާކިސްތާނުގެ ގާނޫނުގައިވާ ގޮތުން ކުށެއް ސާބިތުވެފައިވާ މީހަކަށް އީސީޕީން ކަނޑައަޅާ މުއްދަތަކަށް އެއްވެސް އާންމު މަގާމަކަށް ކުރިމަތި ނުލެވޭނެއެވެ. އަދި މި މުއްދަތަކީ ކުށް ސާބިތުވާ ތާރީހުން ފެށިގެން ގިނަވެގެން ފަސް އަހަރު ދުވަހުގެ މުއްދަތެއް ކަމަށްވެއެވެ.
މިއެންގުމާއެކު، ޚާންގެ އަރިސް ބޭފުޅުން ވަނީ ޚާން ޖަލަށްލުމާއިއެކު، މިކަން މިގޮތަށް ވެދާނެކަން އެނގިލައްވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިއެންގުން ބަދަލުކޮށް، ޚާން އަށް ހައްގު ހޯދައިދޭން މަސައްކަތް ކުރަމުންދާކަމަށްވެއެވެ.
ޚާންގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް، ޚާން ވަނީ ގައުމުގެ އިސް ވެރިއެއްގެ ހައިސިއްޔަތުން ރިޝްވަތު ހިފާފައި ނުވާނެކަން ތަކުރާރުކޮށް ވިދާޅުވެފައެވެ. ޚާންގެ މައްޗަށް ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2018 އިން 2022 އަށް ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި އިރު ޚާން އަދި ޚާންގެ އާއިލާ އަށް ލިބުނު ހަދިޔާތައް ގަވާއިދާ ހިލާފަށް ވިއްކުމުގެ ތުހުމަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު