އިންޑިއާއިން ބާސްމަތީ ހަނޑޫނޫން ބާވަތްތަކުގެ ހަނޑޫ ބޭރުކުރުން މިދިޔަ ޖުލައި މަހު 20 ވަނަ ދުވަހު މަނާކޮށްފައިވާތީ، އެކުވެރި ޢަރަބި އިމާރާތުގައި (ޔޫ.އޭ.އީގައި) މަސައްކަތްކުރާ އިންޑިއާ މީހުން ޗުއްޓީއަށް ފަހު އިމާރާތަށް އެތެރެވާއިރު ލަގެޖުގައި ހަނޑޫ އެތެރެކުރަމުންދާކަމަށް އިމާރާތުގެ ޚަލީޖް ނޫހުން ބުނެފިއެވެ.



އިމާރާތުގައި ދިރިއުޅޭ އިންޑިއާ މީހުން ޗުއްޓީގައި އިންޑިއާއަށް ގޮސް އެނބުރި އިމާރާތަށް އަންނައިރު އެމީހުންގެ އެންމެ މަގްބޫލު ބްރޭޑްތަކުގެ ހަނޑޫ އިމާރާތަށް އެތެރެކުރުމަކީ އާންމުކޮށް އެމީހުން ކުރަމުންދާކަމެއްކަމަށް ޚަލީޖު ނޫހުން ބުނެއެވެ.

ނަމަވެސް، އިމާރާތުގައި ދިރިއުޅޭ ބައެއް އިންޑިއާ މީހުން ބުނާ ގޮތުގައި ހަނޑޫ އެކްސްޕޯޓުކުރުން މަނާކުރުމުގެ ކުރިންވެސް ލަގެޖުގައި އިމާރާތަށް ހަނޑޫ ގެނައުމަކީ އެމީހުން އާންމުކޮށް ކުރާ ކަމެކެވެ.

"އުފަން އަވަށުން ލިބެން ހުންނަ ބާވަތެއްގެ ހަނޑޫ ކޮންމެ އަހަރަކު ޗުއްޓީއަށް ގޮސް އަންނަ އިރު ގެންނަން"، އިމާރާތުގައި ދިރިއުޅޭ އިންޑިއާ އަންހެނެއްކަމަށްވާ ޝަބްނާ ބުންޏެވެ. "މިގޭގައި މަހަކު ފަސްކިލޯ ނުވަތަ ހަކިލޯގެ ހުދު ހަނޑޫ ހުސްވާނެ. މިގައުމުގައި އަހުރެމެންގެ ވަރަށް ގިނަ ތިމާގެ މީހުންނާއި ރައްޓެހިން އުޅޭ. އެހެންވީމާ، ވަރަށް ގިނައިން އަހުރެމެން އެއްވުންތައް ބާއްވަން. މީގެ މާނަޔަކީ އަހުރެމެންނަށް ހަނޑޫ ބޭނުންވާ މިންވަރު މަތިވުން"، ޝަބްނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ލަގެޖުގައި ހަނޑޫ އެތެރެކުރުމުން ތިން ދިރުހަމް ސަލާމަތްކުރެވެއެވެ. ނަމަވެސް، ލަގެޖުގައި ހަނޑޫ އެތެރެކުރަނީ ބޭނުންކުރަން ހުންނަ ފައިސާއިން ފަހަށް ރައްކާކުރުމުގެ ބޭނުމުގައި ނޫންކަމަށް އޭނާ ބުންޏެވެ. ޙަގީގަތުގައި އެކަން އެގޮތަށް ކުރަނީ ޗުއްޓީއަށް ގޮސް އެނބުރި އަންނަ އިރު ލަގެޖުގައި ހުސްތަން އޮންނާތީކަމަށް ޝަބްނާ ބުންޏެވެ.

އިންޑިއާއިން ބާސްމަތީ ހަނޑޫ އެކްސްޕޯޓުކުރުން ހުއްޓާލުމުން ކަންބޮޑުވޭތޯ އެހުމުން ޝަބްނާ ބުނީ އެކަމާއި ކަންބޮޑުނުވާ ކަމަށެވެ. ކަންބޮޑުނުވަނީ އޭނާ އިމާރާތުގައި ދިރިއުޅޭތީކަމަށްވެސް ބުންޏެވެ. އޭނާ ބުނިގޮތުގައި އިމާރާތުން މިކަމަށް ހައްލުހޯދާނެކަމުގެ ޔަގީންކަން އޭނާއަށް އޮވެއެވެ.

ބާސްމަތީ ނޫން ބާވަތްތަކުގެ ހަނޑޫ ބޭރުކުރުން އިންޑިއާއިން މަނާކުރީ މޫސުމީ ވިއްސާރަ މިއަހަރު ލަސްވުމާއި ގުޅިގެން ހަނޑޫ އުފެއްދޭ މިންވަރު ދަށްވެދާނެކަމަށް ބަލާފައިއެވެ. ދުނިޔޭގައި އުފައްދާ ހަނޑުލުގެ ސާޅީސް އިންސައްތަ އުފައްދަނީ އިންޑިއާގައިއެވެ. އިންޑިއާއިން 140 ގައުމަކަށް ހަނޑޫ އެކްސްޕޯޓްކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން