އެއްގަމުގައި ދުއްވާ އުޅަނދު އެގައުމަށް އެތެރެކުރުން މަދުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދޭން ސްރީލަންކާގެ ސަރުކާރުން ނިންމައިފިއެވެ.

މިގޮތުން އެތެރެކުރުމަށް، އިމްޕޯޓްކުރުމަށް، ލުއިދެވޭ އެއްގަމު އުޅަނދުތަކަކީ ލޮރީއާއި، ފޮށިގަނޑު ހިއްލާ ވައްތަރުގެ ލޮރީއާއި އާންމުން އުފުލުމަށް ބޭނުންކުރާ ބަހެވެ. އެގައުމުގެ ސްޓޭޓް މިނިސްޓަރ ފޮރ ފިނޭންސް ރަންޖީތް ސިޔަމްބަލަޕިޓިޔަ ވިދާޅުވި ގޮތުގައި އެތެރެކުރުމަށް ލުއިދެވޭ އުޅަނދުތަކުގެ މަޢުލޫމާތު ވަރަށް އަވަހަށް ގެޒެޓު މެދުވެރިކޮށް އިޢުލާނުކުރެވޭނެއެވެ.

ރަންޖީތް ވިދާޅުވި ގޮތުގައި މަތީގައި ބުނެފައިވާ ބަވާތްތައް ނޫން ބާވަތްތަކުގެ އެއްގަމު އުޅަނދު ސްރީލަންކާއަށް އެތެރެކުރުން އަދި އޮންނާނީ މަޑުޖެހިލާފައިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ މާލީ މުޙައްލިލުންގެ ބަހުގެ މައްޗަށް ބުރަވެ ވަޑައިގެން ހުންނަވާ، ވިދާޅުވި ބަސްފުޅެކެވެ. މާލީ މުޙައްލިލުން ދެކޭ ގޮގައި ސްރީލަންކާއަށް ބޭރު ފައިސާ ލިބުމުގައި އަދިވެސް ދަތިތަކެއްވަނީ ކުރިމަތިވެފައިއެވެ. ބޭރުފައިސާ ލިބުމުގައި ހުރި ދަތިތައް ނައްތާލެވެންދެން އިމްޕޯޓްކުރުމަށް ހުރަސްއެޅެމުންދާނެކަމަށް މުޙައްލިލުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން