އިސްލާމީ ޖުމްހޫރީ ވެރިކަމެއް ހިންގާ އީރާނާއި ޗައިނާއާއި ދެމެދު އޮންނަ އަސްކަރީ ގުޅުންތައް އިތުރަށް ހަރުދަނާކުރަން ޗައިނާއިން ތައްޔާރަށް އޮތްކަމަށް ޗައިނާގެ ދިފާޢީ ވަޒީރު ލީ ޝަންގްފޫ ވިދާޅުވެއްޖެއެވެ.
ލީ ވިދާޅުވި ގޮތުގައި މިގުޅުންތައް ހަރުދަނާކުރާނީ ޝަންހައި ކޮއޮޕަރޭޝަން އޮގަނައިޒޭޝަންގެ (އެސް.ސީ.އޯ) އަމަނާއި ގުޅޭ ގިއުގަނޑުގެ ތެރެއަށް ފެތޭ ގޮތަށެވެ.
ލީ މިހެން ވިދާޅުވީ ރޫސީވިލާތުގެ ވެރިރަށް މޮސްކޯގައި އޮތް އެގާރަވަނަ މޮސްކޯ ކޮންފަރެންސް އޮން އިންޓަރނޭޝަނަލް ސެކިއުރިޓީ ބައްދަލުވުމުގައި ދެއްވި ޚިޠާބެއްގައިއެވެ.
"އެސް.ސީ.އޯގެ ގިއުގަނޑުގެ ތެރެއިން އަމަނާއި ގުޅޭ އެއްބާރުލުން ހަރުދަނާކުރަމުންދާނަން. މިޖަމްޢިއްޔާއާއި (އެސް.ސީ.އޯއާއި) އެންމެ ފަހުން ގުޅުނު އީރާނާއިއެކު އޮންނަ ދިފާޢީ ގުޅުންތައް މާފުނަށް ގެންދާނަން. އަދި އެހެންމެ ވަރަށް އަވަހަށް މިޖަމްޢިއްޔާއާއި ގުޅުމަށް ހަމަޖެހިފައިވާ ބެލަރުސްއާއިއެކު ދިފާޢީ ގުޅުންތައް އަޅުގަންޑުމެންދާނީ ހަރުދަނާކުރަމުން"، ލީގެ ޚިޠާބުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ލީ ވިދާޅުވީ އެހެނިހެން ގައުމުތަކާއިއެކު އަސްކަރީ ތަމުރީނުތައް ޗައިނާއިން ބާއްވަމުންގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު