15 އަހަރު ވަންދެން ގައުމުން ބޭރުގައި އަމިއްލައަށް އަރުވާލެވިގެން ހުންނެވި، ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނާވަތުރާ އަނބުރާ ތައިލެންޑަށް ވަޑައިގަތުމާއެކު އެމަނިކުފާނު ހައްޔަރުކޮށް ޖަލަށްލައިފިއެވެ.
ކުޜިގެ ބޮޑުވަޒީރު ތަކްސިން ޖައްލަށްލާފައިވަނީ އެމަނިކުފާނު ތައިލެންޑަށް ވަޑައިގެންނެވި ދުވަހު، އެމަނިކުފާނު ނިސްބަތްވާ ސިޔާސީ ޕާޓީގެ ކެންޑިޑޭޓަކަށް އާ ބޮޑުވަޒީރުކަން ދިނުމަށް މަޖިލީހުން ވޯޓު ދިނުމަށް ތައްޔާރުވެފައިވަނިކޮށެވެ.
ބޮޑުވަޒީރު ތަކްސިން ޕްރައިވެޓް ޖެޓެއްގައި ބެންކޮކްގެ ޑޮން މުއެންގް އެއާޕޯޓަށް ފޭބިއިރު، އެތައް ސަތޭކަ ސަޕޯޓަރުން ބެނާ އުފުލާ އަޑުއުފުލަމުން ދިޔައެވެ. އެގޮތުން ތަކްސިން ވަނީ ޓާމިނަލް އިމާރާތުން ކުޑަ ވަގުތު ކޮޅަކަށް ނުކުމެވަޑައިގަތީ ސަޕޯޓަރުންނަށް އަތް އުފުލައި އިޝާރާތުން ޝުކުރުއަދާ ކުރާކަން ދައްކައިފައެވެ.
އެއަށްފަހު، ތަކްސިން ހައްޔަރުކޮށް ޖަލަށްލައިފައިވަނީ، އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ކުރިއަށްދިޔަ ކޯޓު އަޑު އެހުންތަކުން ސާބިތުކުރެވުނު ތިން ހުކުމެއް ތަންފީޒުކުރުމަށް އަށް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އުމުރުން 74 އަހަރުގެ ތަކްސިންގެ މައްޗަށް ޣައިރު ހާޒިރުގައި ހަތަރު މައްސަލައެއް ބަލައިފައިވެއެވެ. މީގެތެރޭގައި، އެމަނިކުފާނުގެ ކުރީގެ ކުންފުނި ށިން ކޯޕްސް އާއި ގުޅުން ހުރި މައްސަލަ އަކާއި، ބޭންކު ލޯނާއި، މަނީ ލޯންޑަރިންގ އަދި ލޮޓަރީ ކޭސް އެއް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު