ފްރާންސްގެ ރެނޭސްއަށް ކުޅެމުންއައި ބެލްޖިއަމްއަށް ނިސްބަތްވާ ވިންގާ ޖެރެމީ ޑޮކޫ، އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ޓްރާންސްފާ ވެއްޖެއެވެ.

ޑޮކޫ ސިޓީއަށް ބަދަލުވެފައިވަނީ 54.4 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ އެއްބަސްވުމެއްގެ ދަށުންނެވެ. އުމުރުން 21 އަަރުގެ ޒަުވާން ޑޮކޫ ސިޓީއާއިއެކު ހަދާފައިވަނީ 5 އަހަރު ދުވަހަށް ދިގުދެމިގެންދާ އެއްބަސްވުމެކެވެ.

ސިޓީގައި 11 ނަމްބަރ ޖާޒީގައި ކުޅެން ތައްޔާރުވަމުންދާ ޑޮކޫ ބުނީ ސިޓީ ފަދަ މޮޅު ކްލަބަކަށް ކުޅުމުގެ ފުރުޞަތު ލިބުނު ދުވަހަކީ އޭނާގެ ހަޔާތުގައި އެންމެ އުފާވެރި ދުވަސް ކަމަށެވެ.

"މިއީ އަޅުގަނޑަށް ޕާސަނަލް ގޮތުންނާއި ޕްރޮފެޝަނަލް ގޮތުންވެސް ލިބުނު ވަރަށް ބޮޑު ދުވަހެއް. ސިޓީއަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މޮޅު ޓީމު ކަމުން އެ ޓީމާ ގުޅުމަކީ ވަރަށް ހާއްސަ ކަމެއް، އަހަރެންނަކީ އަދި ވަރަށް ޒަުވާން ކުޅުންތެރިއެއް ކަމުން ކުޅިވަރުގައި ރަނގަޅު ކުރަން ޖެހޭ ވަރަށް ބައިވަރު ކަންތައްތައް ހުންނާނެ. ޕެޕް ގާޑިއޯލާއާއި އޭނާގެ ޓީމާއިއެކު މަސައްކަތްކޮށްގެން އަހަރެންނަށް ކުރިއެރުން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް." ޑޮކޫ ބުނެފައިވެއެވެ.

ވެސްޓްހަމް، ޓޮޓެންހަމް އަދި ޗެލްސީން ވެސް ވަނީ މިދިޔަ ސީޒަނުގައި ކުޅުނު 35 މެޗުން ހަތް ގޯލު ކާމިޔާބުކޮށްދިން ޑޮކޫ ގެނައުމަށް ޝައުގުވެރިވެކަން ފާޅުކޮށްފައެވެ. ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތެއްގައި މެލްޖިއަމް ތަމްސީލުކުރުމަށްފަހު އޭނާ ވަނީ ރެނޭސްގެ ސަމާލުކަން ހޯދާފައިއެވެ. އެއާއިއެކު، ރެނޭސް އިން ވަނީ 26 މިލިއަން ޔޫރޯގެ އަގަކަށް އޮކްޓޫބަރ 2020 ވަނަ އަހަރުގައި ޑޮކޫގެ ސޮއި ހޯދާފައެވެެ.



ޑޮކޫ ވަނީ ފްރާންސް ލީގްގެ ތިން ސީޒަނުގެ ތެރޭގައި ކުޅުނު 75 މެޗުގައި 10 ގޯލް ރެނޭސްއަށް ކާމިޔާބުކޮށްދީފައެވެ. އަދި ބެލްޖިއަމްގެ ޖާޒީގައި މިހާތަނަށް 16 މެޗުވެސް ކުޅެދީފައިވެއެވެ.

ޑޮކޫ އަކީ ސިޓީން މި ފަހަރުގެ ސީޒަނަށް ގެނައި ތިންވަނަ ކުޅުންތެރިޔާ އެވެ. މީގެކުރީން، ކްރޮއޭޝިއާގެ ދެ ކުޅުންތެރިން ކަމުގައިވާ މަޓެއޯ ކޮވެސިޗް އާއި ޖޮސްކޯ ވާޑިއޯލްވެސް ވަނީ ސިޓީއާއި ގުޅިފައެެވެ. މިދިޔަ ސީޒަނަށްފަހު ސިޓީ ދޫކޮށްލި ކުޅުންތެރިންގެ ތެރޭގައި އިލްކާއި ގޮންޑޮއާން އާއި ރިޔާދް މާރޭޒް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން