އއ. އުކުޅަހު ބިން ހިއްކުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫޢުގެ ދަށުން ބިންހިއްކައި ނިންމާލައފިއެވެ.

އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އއ.އުކުޅަސް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ފެށީ މިމަހުގެ 7 ވަނަ ދުވަހުއެވެ.

އެމްޓީސީސީން ބުނީ މިމަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ޗަރޓަރކުރެވިފައިވާ ޑްރެޖަރ ”ފިލިޕޯ ބްރުނެލޭޝީ“ ބޭނުންކޮށްގެން ކަމަށެވެ. އއ. އުކުޅަސް ބިން ހިއްކުމަށް މި ޑްރެޖަރ މޮބިލައިސްކުރެވިފައި މިވަނީ ހއ. އިހަވަންދޫއާއި ށ. މަތި ކޮމަންޑޫގެ ބިން ހިއްކާ ނިންމުމަށްފަހުއެވެ.

މި މަޝްރޫޢުގެ ދަށުން، 13 ހެކްޓަރުގެ ބިން ހިއްކުމާއި، 1,692 މީޓަރުގެ ސޭންޑް ބަންޑެއް ހެދުން ހިމެނޭ. އަދި 1,054 މީޓަރުގެ ރިވެޓްމަންޓްއަކާއި އަދި 80 މީޓަރުގެ ގްރޮއިންސްޖެހުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމްޓީސީސީން ކުރިން ށްފައިވެއެވެ.

އއ.އުކުޅަސް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއަކީ 67.21 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ

މިހާތަނަށް ޖުމުލަ ބިމުގެގޮތުން 21 ހެކްޓަރުގެ އުކުޅަހުގެ އާބާދީއަކީ 1200އެވެ. އުކުޅަހަކީ ރަށުގެ ބިން ފުރި، ބޯހިޔާވަހިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ރަށެކެވެ. ގޯތި ދޫނުކުރާތާ 25 އަށްވުރެ ގިނަ އަހަރުވެފައިވާ އުކުޅަހުގައި މިވަގުތުވެސް އަމިއްލަ ގޯއްޗެއް ބޭނުންވާ 200އަށްވުރެ ގިނަ ޢާއިލާ އެބަތިއްބެވެ. އެރަށުގައި މިވަގުތު 258 ގޭގައި މީހުން ދިރިއުޅެއެވެ. އެއް ގެއެއްގެ ތެރޭގައި އެތައް އާއިލާއެއް ދިރިއުޅެމުން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން