ހޫނު މޫސުމުގެ ސީޒަނަށް ސްޕެއިންގެ ކްލަބް ރެއާލް މެޑްރިޑަށް ޕީއެސްޖީގެ މަޝްހޫރު ސްޓްރައިކާ ކިލިއަން އެމްބާޕޭ ނުގެންނާނެ ކަމުގެ ޔަގީންކަން ރެއާލްގެ ކޯޗް ކާރްލޯ އަންޗެލޮޓީ ދީފިއެވެ.

ޕީއެސްޖީއާއިއެކު އެއްބަސްވުން އައުކުރުމާއި ދޭތެރޭ އުމުރުން 24 އަހަރުގެ ފްރާންސް ފުޓްބޯޅަ ޓީމްގެ ކެޕްޓަން އެމްބާޕޭ އަދި ވަކި ގޮތެއް ނުނިންމައެވެ. ޕީއެސްޖީއާއިއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގައެވެ. އެހެންކަމުން، ޕީއެސްޖީން ބޭނުންވަނީ އެމްޕާބޭ އެ ކްލަބްގައި މަޑުނުކުރާނަމަ އޭނާއާއިއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އައުމުގެ ކުރިން އެހެން ކްލަބަކަށް އެކަށީގެންވާ އަގަކަށް އެމްބާޕޭ ޓްރާންސްޕާ ކުރާށެވެ.

ޕީއެސްޖީން ބުނީ އެމްބާޕޭ ފަދަ މޮޅު ކުޅުންތެރިއެއް ހިލޭ ޓްރާންސްފާއެއްގައި ދޫކޮށްލާކަށް ބޭނުމެއް ނުވާ ކަމަށެވެ. ބެލެވޭ ގޮތުގައި އެ ކްލަބުން ވިސްނަނީ އެމްބާޕޭއާއެކު އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހަދާށެވެ.

ޕީއެސްޖީއާއިއެކު ކޮންޓްރެކްޓް އައު ކުރުމާއި ދޭތެރޭ ސީދާ ޖަވާބެއް އެމްބާޕޭގެ ފަރާތުން ނުލިބުމުން، އޭނާ ރެއާލްއަށް ބަދަލުވާން އުޅޭޭ ކަމުގެ ވާހަކަތައް ފެތުރުނެވެ. މި ވާހަކަ ދޮގުކުރަމުން އަންޗޮލެޓީ ބުނީ މި ސީޒަންގައި ހަމަ ޔަގީނުންވެސް އެމްބާޕޭ ރެއާޅްއާއި ނުގުޅޭނެ ކަމަށާޢި މިވަގުތު ޓީމަށް އިތުރު ކުޅުންތެރިއެއްގެ ޖާގަ ނެތް ކަމަށެވެ. އަދި މިވަގުތު ޓީމްގެ ހުރިހާ ކުޅުންތެރިން ސަމާލުކަން ދެމުން ދަނީ ސީޒަންގައި ރަނގަޅު ކުޅުމެއް ދެއްކުމަށް ކަމަށްވެސް އޭނާ ބުންޏެވެ.

ސައުދީގެ ކްލަބް އަލް ހިލާލްއިން ވެސް ވަނީ ނިމިދިޔަ މަހުގައި އެމްބާޕޭ ހޯދުމަށް ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ، 259 މިލިއަން ޕައުންޑްގެ ބިޑެއް ހުށަހަޅާފައެވެެ. އަދި އެމްބާޕޭއާއިއެކު މަޝްވަރާވެސް ކޮށްފައިވެއެވެ.



ޕީއެސްޖީ އިން ފްރާންސް ލީގުގައި ލޮރިއެންޓްއާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި އޭނާ ނުހިމެނުނެވެ. ނަމަވެސް ދެ ވަނަ މެޗުން ސަބްސްޓިޓުއުޓް ކުޅުންތެރިއެއްގެ ގޮތުގައި ފުރުސަތު ލިބުނުއިރު އެ މެޗުގައި އެމްބާޕޭ ގޯލެއް ވެސް ޖެހިއެވެ.

މޮނާކޯއަށް ކުޅެމުން ދިޔަ އެމްބާޕޭ ޕީއެސްޖީއާއި ގުޅުނީ 2017 ވަނަ އަހަރުގައި ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެއަށްފަހު، ޕީއެސްޖީން ވަނީ 180 މިިލިއަން ޔޫރޯއަށް އޭނާ ގަނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން