ދުއްވަން ޖެހޭ ވަރަށްވުރެ ބާރު ސްޕީޑްގައި ކާރު ދުއްވުމުގެ ސަބަބުން ކެނެޑާގެ ފައިނޭންސް މިނިސްޓަރ، ކްރިސްޓިއާ ފްރީލޭންޑް ޖޫރިމަނާކޮށްފިއެވެ. އެކަމަނާ ޖޫރިމަނާކޮށްފައި ވަނީ 273 ކެނޭޑިއަން ޑޮލަރުންނެވެ.

ފްރީލޭންޑް ޖޫރިމަނާކޮށްފައި ވަނީ އެލްބަރޓާ ޕްރޮވިންސްގެ ގްރޭންޑް ޕްރެއަރީ އަވަށާއި ޕީސް ރިވާރ ސަރަހައްދުން ގަޑިއަކު 132 ކިލޯމީޓަރު ބާރުމިނުގައި ދުއްވައިގެންނެވެ. އަލްބަރޓާގެ ހައިވޭތަކުގައި ދުއްވަން ހުއްދަ ދީފައިވާ އެންމެ ބާރު ސްޕީޑް ލިމިޓަކީ ގަޑިއަކު 110 ކިލޯމީޓަރުގެ ބާރުމިނެވެ.

ފްރީލޭންޑް ބުނީ އޭނާއަކީ ކާރު ގެންގުޅޭ މީހެއް ނޫން ކަމަށާއި އޭނާއާއި އޭނާގެ ދަރިންވެސް ތަންތަނަށް ދަނީ ފައިމަގުގައި ނޫނީ ބައިސްކަލްގައި ކަމަށެވެ.

"އަހަރެންނާއި އަހަރެންގެ ދަރިންގެ ސިއްހަތަށް ފައިދާ ހުރި ކަމަކަށް ވީމަ ކާރު ނުގެންގުޅެން. އަހަރެންގެ ބައްޕަ އަދިވެސް ހައިރާންވޭ ކާރެއް ނުގެންގުޅޭތީ" ފްރީލޭންޑް ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން