ބޮލީވުޑްގެ މަޝްހޫރު ތަރި ރާކީ ސާވަންތްގެ ފިރިމީހާއާއި އޭނާއާއި ދޭތެރޭ ޖެހިފައިވާ މައްސަލަތައް އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުންދާއިރު އެ ދެމީހުން ދަނީ އެކަކު އަނެކަކާއި ދެކޮޅަށް ތަފާތު އެކި ތުހުމަތުތައް ކުރަމުންނެވެ. މީގެ ކުރީގައި ހިންދީ ދީން ގަބޫލުކޮށްގެންހުރި ރާކީ ކައިވެނިކުރި މުސްލިމް އާއިލާއަށް ނިސްބަތްވާ އާދިލް ދުއްރާނީ އަކީ އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި 6 މަސް ދުވަސް ޖަލުގައި ހޭދަކޮށްފައިވާ މީހެކެވެ.

މިފަހުން އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ރާކީ ބުނީ އާދިލް އޭނާގެ ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތައް 47 ލައްކަ ރުޕީސްއަށް މީހަކަށް ވިއްކާލާފައިވާ ކަމަށެވެ.

ރާކީ މިހެން ބުނުމުގެ ކުރިން އާދިލް ވަނީ ރާކީ އޭނާއާއި ކައިވެނިކުރީ ރިތޭޝް ސިންގް ކައިރިން ވަރިނުވެ ހުރެ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ރާކީ އަކީ ދަރިން ނުލިބޭ އޭނާއަށްވުރެ 19 އަހަރު އުމުރުން ދޮށީ މީހެއް ކަމަށްވެސް ބުނެފައިއެވެ. އެކަމަކު، މި ވާހަކަތައް ރާކީގެ ޑޮކްޓަރުން ދޮގުކުރިއިރު ކުރީގެ ފިރިމީހާ ރިތޭޝްއަށް ކުރި ތުހުމަތުތައް އޭނާވެސް ވަނީ ދޮގުކޮށްފައެވެ.

ކައިވެންޏަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް ވަރިއާއި ހަމައަށް ގޮސްފައިވާ ރާކީ މިހާރު ދަނީ އުމްރާއަށް ދިއުމުގެ ތައްޔާރީތައް ވަމުންނެވެ. ރާކީ ބުނީ އާދިލްއާއި އޮތް ގުޅުން ނިމުމަކަށް އައިނަމަވެސް، އޭނާ އިސްލާމްދީން ދޫކޮށް ހިންދޫ ދީނަށް އެނބުރި ރުޖޫއަވުމަށް ނުވިސްނާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން