ކޮވިޑާ ގުޅިގެން ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރު ހުއްޓާލާފައިވާ އުތުރު ކޮރެއާއިން ބައިނަލްއަގްވާމީ ދަތުރުތައް އަލުން ފަށައިފިއެވެ.
އުތުރުކޮރެއާގެ ވެރިރަށް ޕްޔޯންގްޔާންގްއިން ދަތުރުކުރި ފުރަތަމަ ފްލައިޓް ޗައިނާގެ ބެއިޖިންގގައި ޖައްސާފައިވަނީ މިިދިޔަ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
އެ ގައުމުގެ ބޯޑަރތައް ބަންދުކުރުމުގެ ކުރިން، އެއާ ކޮރްޔޯއިން އެންމެ ފަހުން ދަތުރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އުތުރު ކޮރެއާއަކީ އާދައިގެމަތިން، ޗައިނާއާއި ރަޝިޔާ ފިޔަވައި ދުނިޔޭގެ އެހެން ގައުމުތަކާއި ޚާރިޖީ ގުޅުން ނުބާއްވާ ގައުމެކެވެ. އެހެން ނަމަވެސް، ކޮވިޑްގެ އާލަމީ ވަބާއަށްފަހު ޗައިނާއާއި ރަޝިޔާއާއި އޮތް ގުޅުންވެސް ވަނީ ހީނަރުވެފައެވެ.
އަދި އުތުރު ކޮރެއާގައި ފަތުރުވެރިކަންވެސް މުޅިން ހުއްޓުމަކަށް އައެވެ. އޭގެ ފަހުން އެ ގައުމުގެ ސަރުކާރުގެ ބައެއް އިސް ވެރިން ނޫން އިތުރު ބަޔަކަށް އުތުރު ކޮރެއާއަށް އެތެރެ ވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެގެންދިޔައެވެ. އަދި
1950ގެ އަހަރުތަކުގެ ތެރޭގައި އުތުރު ކޮރެއާއާއި ދެކުނު ކޮރެއާއި ދެމެދު ފެށި ހަނގުރާމަ ހުއްޓުމަކަށް ގެނެވުނުތާ 70 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ޗައިނާއާއި ރަޝިޔާގެ އިސް ވެރިން ޕްޔޯންގްޔާންގްއަށް ޒިޔާރަތްކޮށްފައިވެއެވެ.
މިދިޔަ ހަފްތާގައި އުތުރު ކޮރެއާގެ އެތުލީޓުން ވަނީ ކަޒަކިސްތާނުގައި ބާއްވާ ޓައިވޮންޑޯ މުބާރާތަކަށް ބަހެއްގައި ބޯޑަރު ހުރަސްކޮށް ޗައިނާއަށް ދަތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު