ހއ.ހޯރަފުށީ މަގުތަކުގައި ތާރުއެޅުމަށް ކުރިއަށްގެންދިޔަ މަސައްކަތް ނިމިއްޖެއެވެ.
މިމަޝްރޫއުގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މުޅިން ނިމިފައިވާއިރު މަގުހެދުމުގެ މުޅި މަޝްރޫޢުގެ %90 ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެއެވެ.
ހޯރަފުށި މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2021ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19ވަނަ ދުވަހުއެވެ. އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ހޯރަފުށީގެ 11 މަގެއް 5,303 މީޓަރު ދިގުމިނުގެ ސަރަހައްދެއްގައި ވަނީ މިހާރު ތާރު އެޅައި ނިންމާފައެވެ. އަދި މަގު ބައްތިތައް ހަރުކުރުމުގެ މަސައްކަތުގެ 70 އިންސައްތަ ވަނީ މިހާރު ނިންމާލާފައެވެ.
މަގުހެދުމުގެ މަޝްރޫޢުގައި 11,113.80 (އެގާރަހާސް އެއްސަތޭކަ ތޭރަ ޕޮއިންޓް އަށެއް ސުމެއް) އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 32,821 އަކަމީޓަރުގެ ސަރަޙެއްގެއް ދުއްވާ ސަރަހައްދުގެ ގޮތުގައި ތަރައްޤީކޮށްފައިވާއިރު، 16,950 މީޓަރުގެ ކަރބްސްޓޯން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 73.83 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

Ha. Hoarafushi Road Development Project is well underway, with overall 91% project progress. We have completed asphalt laying works. Streetlight installation is ongoing, with 70% project progress.
— MTCC Plc (@MTCCPlc) August 27, 2023
Scope of works include, 32,821sqm carriageway, 11,736sqm paving works, 16,950m… pic.twitter.com/Y05L64L3BA
މަގުހެދުމުގެ މަޝްރޫޢުގައި 11,113.80 (އެގާރަހާސް އެއްސަތޭކަ ތޭރަ ޕޮއިންޓް އަށެއް ސުމެއް) އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 32,821 އަކަމީޓަރުގެ ސަރަޙެއްގެއް ދުއްވާ ސަރަހައްދުގެ ގޮތުގައި ތަރައްޤީކޮށްފައިވާއިރު، 16,950 މީޓަރުގެ ކަރބްސްޓޯން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 73.83 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ހިޔާލު