ވެގްނަރ ކުލީ ސިފައިންގެ ވެރިޔާ ދަތުރުކުރަމުންދިޔަ މަތިންދުއްވާ ބޯޓު ވެއްޓި އޭނާ މަރުވެފައިވާކަން ރޫސީވިލާތުން ޔަގީންކޮށްފިއެވެ.
މިދިޔަ ބުދަދުވަހު ޕްރިގޯޒިން ދަތުރުކުރި ބޯޓު ވެއްޓި އޭގައި ތިބި ދިހަ މީހުން މަރުވެފައިވާކަމަށް ރޫސީވިލާތުން ބުނެއެވެ. މިޙާދިޘާގައި މަރުވި މީހުންގެ ސާމްޕަލް ނަގައިގެން ރޫސީ ތަޙްގީގީ ޓީމުން ހެދި ޖެނެޓިކް ޓެސްޓުތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި ބުދަދުވަހުގެ ޙާދިޘާގައި ޕްރިގޯޒިންވަނީ މަރުވެފައިއެވެ.
ޕްރިގޯޒިން ދަތުރުކުރި މަތިންދުއްވާ އަމިއްލަ ބޯޓު (ޕްރައިވެޓް ޖެޓް) މިދިޔަ ބުދަ ދުވަހު ވެރިރަށް މޮސްކޯގެ ހުޅަނގު އުތުރުގެ ޓްވަރ ސަރަހައްދުގެ މަތިން ވެއްޓިފައިމިވަނީ އޭނާގެ ކުލީ ސިފައިން ރޫސީ އަސްކަރިއްޔާގެ އިސް ވެރިންނާއި ދެކޮޅަށް ފެށި ބަޣާވާތެއް ހުއްޓާލިތާ ދެމަސް ދުވަސް ފަހުންނެވެ.
"މިއީ ފުރަގަހުން އައިސް ބުރިކަށްޓަށް ހެރި ހަންޖަރެއް" ކުލީ ސިފައިން މީގެ ދެމަސް ދުވަސް ކުރިން ކުރި މިބަޣާވާތް ސިފަކުރަށްވަމުން ރައީސް ޕޫޓިން އޭރު ވިދާޅުވެފައިއެވެ. ނަމަވެސް މިބަޣާވާތަށް ނިމުމެއް ގެނައުމާއި ގުޅިގެން ރޫސީވިލާތުގެ ރައީސް އޮފީހުގައި، ކްރެމްލިންގައި، ކުލީ ސިފައިންގެ ވެރިޔާ ޕްރިގޯޒިންއާއި ރައީސް ޕޫޓިން ބައްދަލުކުރަށްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު