ގަވަޢިދާއި ޚިލާފަށް އިންޑިއާގައި ހިންގަމުންދިޔަ ފަޓާސް އުފައްދާ ކާރުޚާނާއެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ފަސް މީހުން މަރުވެއްޖެއެވެ.

އިންޑިއާގެ ވެސްޓް ބެންގާލްގެ އަވަށެއްކަމަށްވާ ޕަރްގާނާގައި އިއްޔެ ގޮވި މިގޮވުމުގެ ސަބަބުން އެކާރުޚާނާވަނީ ވެއްޓި ބިމާއި ހަމަވެފައިއެވެ. މިޙާދިޘާގައި މަރުވި މީހުން ނޫން އިތުރު ބަޔަކު ޒަޚަމުވެފައިއެވެ. މިމީހުންނަށް ފަރުވާދިނުމަށް ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގެންދެވުނުކަމަށް ޚަބަރުތައް ބުނެއެވެ.

ފުލުހުން ބުނާ ގޮތުގައި މިގޮވުމެއް މިކާރުޚާނާގައި ގޮވީ ކީއްވެ ކަމެއް އިއްޔެ އޮޅުންފިލުވިފައިއެއް ނުވެއެވެ. މި ޙާދިޘާގައި އިތުރު ބަޔަކު މަރުވެފައިވޭތޯ ނުވަތަ ހިރިނުލެވޭ ވަރަށް ޒަޚަމުވެފައިވޭތޯ ވެއްޓުނު އިމާރާތުގެ ބައިތަކުގެ ތެރެ ބަލަމުންދާކަމަށްވެއެވެ.

އިންޑިއާގައި މިފަދަ ޙާދިޘާތައް ހިނގުމަކީ ވަރަށް ގިނައިން ވާކަމެއްކަމަށް ޚަބަރުތައް ބުނެއެވެ. މިފަދަ ކަންތައްތައް ކުރިމަތިވަނީ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވާޢިދުތަކަށް ތަބާވުމުގައި އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ އޮފިޝަލުންވެސް ފަރުވާތެރިކަން ކުޑަވުމުންކަމަށް ޚަބަރުތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން