ކ. މާފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށާ، ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 74 އިންސައްތަ މަސައްކަތް މިހާރު ނިމިއްޖެކަމަށް މިމަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނެފިއެވެ.
އެކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ މާފުށީ ބަނދަރުގެ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައްކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 63,711 އަކަމީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 28,836 އަކަ މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 4,414 އަކަ މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ.
އަދި 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 680 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 700 މީޓަރުގެ ސަރަޙއްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 374 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 19 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 1,869 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 76.48 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މާފުށީގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ ޖެނުއަރީމަހުގައެވެ.
އާބާދީގައި ދެ ހާހެއްހައި މީބހުން ރަޖިސްޓްރީވެފައި މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރާ ރަށަށްވުމާއެކު ރަށުގައި ކަނޑުއުޅަނދުފަހަރު ވަރަށް ގިނައެވެ. އެއާއެކު ބަނދަރުގެ ޖާގައިގެ ދަތިކަން ބޮޑުވެ ތަކުލީފުތަކެއް ވަނީ އުފުލަން ޖެހިފައެވެ. ރަށުގެ ރަޖިސްޓްރީ އާބާދީގެ އިތުރުން މާފުށީގވައި ދިރިއުޅޭ މީހުންގެ އަދަދު 5000އިން މައްޗަށް އަރައެވެ.

ކ. މާފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 74 ޕަސެންޓް ނިމިއްޖެ. މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް.
— MTCC Plc (@MTCCPlc) August 29, 2023
މި މަޝްރޫޢުގެ ދަށުން، 63,711 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު… pic.twitter.com/kaExFzGTMH
މާފުށީގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ ޖެނުއަރީމަހުގައެވެ.
އާބާދީގައި ދެ ހާހެއްހައި މީބހުން ރަޖިސްޓްރީވެފައި މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރާ ރަށަށްވުމާއެކު ރަށުގައި ކަނޑުއުޅަނދުފަހަރު ވަރަށް ގިނައެވެ. އެއާއެކު ބަނދަރުގެ ޖާގައިގެ ދަތިކަން ބޮޑުވެ ތަކުލީފުތަކެއް ވަނީ އުފުލަން ޖެހިފައެވެ. ރަށުގެ ރަޖިސްޓްރީ އާބާދީގެ އިތުރުން މާފުށީގވައި ދިރިއުޅޭ މީހުންގެ އަދަދު 5000އިން މައްޗަށް އަރައެވެ.
ކިޔުންތެރިންގެ ހިޔާލު