ސްޕެއިންގައި ބޭޢްވި މުބާރާތެއްގައި އަންހެން ކުޅުންތެރިއަކަށް ގަދަކަމުން ބޮސްދިން ކަމުގެ ތުހުމަތުގައި ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސް ލޫއީސް ރޫބިއާލޭސް 15 އަހަރު ވަންދެން އެއްވެސް ރަސްމީ ފުޓްބޯޅަ ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ފިޔަވަޅު އަޅަން ފީފާއިން ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނަށް ބާރުއަޅަން ފަށައިފިއެވެ.
ސްޕެއިންގައި ބޭއްވި މުބާރާތެއް ނިންމުމުގެ ރަސްމިއްޔާތުގައި އެންމެންގެ ތެރޭގައި މި އަމަލު ހިންގުމަށްފަހުވެސް ރޫބިއާލޭސް މަގާމުން އިސްތިއުފާ ދީފައެއްނުވެއެވެ. އެކަމާއި ގުޅިގެން ފީފާއިން ވަނީ ރުބީއާލޭސް މަގާމުން އިސްތިއުފާ ނުދީފިނަމަ، ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތްތަކުން ސްޕެއިންގެ ގައުމީ ޓީމާއި ފުޓްބޯޅަ ކްލަބްތައް އިސްތިސްނާ ކުރުމުގެ އިންޒާރު ދީފައެވެ.
ފީފާއިން މިފަދައިން އެންގުމުން، ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަންގެ އިސްވެރިން ވަނީ އުމުރުން 46 އަހަރުގެ ރުބިއާލޭސް މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާފައިއެވެ.
ސްޕެއިންގެ އަންހެން ގައުމީ ޓީމުން ނިމިދިޔަ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗްގައި އިނގިރޭސިވިލާތުގެ މައްޗަށް ކުރި ހޯދުމުން، ރުބިއާލޭސް ހިންގި މިއަމަލަށް ފަހު މިދިޔަ ހަފްތާގައި ފީފާއިން ވަނީ ރުބިއާލޭސް 90 ދުވަހަށް ސަސްޕެންޑްކޮށްފައެވެ.
އޭނާ ސަސްޕެންޑްވުމުގެ ކުރިން، މިދިޔަ ހުކުރު ދުވަހު ސްޕެއިންގެ އެފްއޭއަށް އޭނާ ވަނީ ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ ޝަކުވާ ޔޫއެފާއަށް ހުށަލެޅުމަށާއި އެ ފެޑެރޭޝަން ސަސްޕެންޑް ކުރުމަށް އެދުމަށް އަންގާފައެވެ. މިކަމުގެ ސަބަބުން ސްޕެއިންގެ ފުޓްބޯޅަ ޓީމްތަކަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ބެއިވެރިނުވެވޭނެއެވެ. ޔޫއެފާއިން ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުން ފޮނުވި ސިޓީ ގަބޫލެއް ނުކުރެއެވެ.
މީގެ އިތުރަށްވެސް، ރުބިއާލޭސް ވަނީ ސިޑްނީގައި ބޭއްވި ވޯލްޑް ކަޕް ފައިނަލްގައި ސްޕެއިންގެ ރާނީ ލެޓީޒިއާ ކައިރީގައި ހުއްޓާ އެހެން ބޭއަދަބީ އަމަލެއްވެސް ހިންގާފައެވެ.
ރުބިއާލޭސްއާއި ދެކޮޅަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އޭނާގެ މަންމަ ދަނީ ޗަރޗްއެއްގެ ކުރިމަތީ ހުރެ، ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު