ޗެލްސީގެ ސްޓްރައިކާ ރޮމެލޫ ލުކަކޫ އިޓަލީ ލީގް ކްލަބް ރޯމާއަށް ލޯން އުސޫލުން ދޫކޮށްލަން އުޅޭ ކަމަށް ބޭރުގެ ކުޅިވަރުގެ ޚަބަރުތަކުން ރިޕޯޓްކޮށްފިއެވެ.

ޗެލްސީން، ބެލްޖިއަމަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ލުކަކޫ ރޯމާއަށް ދޫކޮށްލަނީ 80 މިލިއަން ޕައުންޑްގެ ޑީލްއަަކަށެވެ. މިދިޔަ ސީޒަންގައި ލުކަކޫ ހޭދަކުރީ އިންޓަ މިލާންގައެވެ. އެހެންކަމުން، އިންޓަ މިލާނުން މިފަހަރުވެސް އޭނާގެ އެނބުރި އައުމަކަށް އުންމީދުކުރިޔަސް، އެ ޓީމްގެ ކޯޗް ސިމޯން އިންޒާގީ އޭނާއަށް ޗެމްޕިއަންސް ލީގް ފައިނަލްގައި ކުޅުމުގެ ފުރުޞަތު ނުދިނުމާއި ގުޅިގެން ލުކަކޫ ހުރީ ކްލަބާއި ދޭތެރޭ ހިތްހަމަނުޖެހިފައިއެވެ.

އިންޓަ މިލާންގެ އިތުރުން، ސެރީއާގެ އިތުރު ކްލަބެއް ކަމުގައިވާ ޔުވެންޓަސް އިންވެސް ލުކަކޫ ބޭނުންވެގެން އުޅުނެވެ.

ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން އިންޓަ މިލާނުން 97.5 މިލިއަން ޕައުންޑަށް ލުކާކޫ ޗެލްސީއަށް ބަދަލުވީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. އެއީ އޭނާ ޗެލްސީއާޢި ގުޅުނު ދެވަނަ ފަހަރެވެ. ޗެލްސީއަށް އެނބުރި އައުމަށްފަހުވެސް، އަނެއްކާވެސް ޗެލްސީގެ ކޯޗް، އަނެއްކާޥެސް އޭނާ ލޯން އުސޫލުން އެހެން ކްލަބަކަށް ދޫކުރަން ނިންމިއެވެ.

ރޯމާއަށް އެނބުރި އައުމުން، އަނެއްކާވެސް ލުކަކޫއަށް ކޯޗް ޔޯޒޭ މޮރީންޔޯއާއި އެކީގައި މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. 2017 ވަނަ އަހަރުގައި ލުކަކޫ އެވަޓަންއިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވީ މޮރީންޔޯގެ ލަފާގެ މަތިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން