އުމުރުން 43 އަހަރުގެ އެމެރިކާ އަންހެނެއް، ދަރިފުޅުގެ ހަޟާނާތު ގެއްލުމުން، އޭނާގެ ދެ ދަރިން މަރާލުމަށްފަހު އަމިއްލައަށް މަރުވެއްޖެއެވެ.
ބްރޭންޑީ ހަޗިންސް ނަމަކަށް ކިޔާ މި އަންހެންމީހާއަކީ މީގެ ކުރީގައި ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ކޯޓަށް ހުށަހެޅި ދަރިފުޅުގެ ހަޟާނާތުގެ މައްސަލައިގައި ކޯޓުން ބުރަވީ އޭނާގެ ކުރީގެ ފިރިމީހާގެ ކޮޅަށެވެ. އެކަމުގެ މާޔޫސްކަމުގައި އޭނާ ވަނީ އުމުރުން 10 އަހަރުގެ އެއިޑަންއާއި 19 އަހަރުގެ ހެނާ ގަޔަށް ބަޑި ޖަހާ މަރާލާފައެވެ.
އާދީއްތަ ދުވަހުގައި މި ހާދިސާ ހިނގާފައިވަނީ ފްލޮރީޑާގެ ޓްރެއިލާއެއް ތެރޭގައި ކަމަށް ފުލުހުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ކޯޓުން ވަނީ ހުކުރު ދުވަހުގައި އެއިޑަން އޭނާގެ ބައްޕައާއި ހަވާލުކުރުމަށް ބްރޭންޑީއަށް އަމުރުކޮށްފައެވެ. އެކަމުގެ ސަބަބުން އޭނާ ވަނީ ދަރިންނާއި އެއްކޮށް އެއްތަނުން އަނެއް ތަނަށް ބަދަލުވެވޭ ގޮތަށް ޓްރެއިލާ ވޭނެއްގައި ދިރިއުޅެން ފަށާފައެވެ. ދަރިފުޅުގެ ޚަބަރެއް ނުވުމުން ބްރޭންޑީގެ ކުރީގެ ފިރިމީހާ ނިކް ހަޗިންސް ވަނީ އޭނާ ހޯދަން މަސައްކަތް ކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ.
މި މައްސަލަ ތަހުގީގު ކުރި ފަރާތްތަކުން ބުނާ ގޮތުގައި ބްރޭންޑީއަކީ އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް އަނިޔާ ދޭ ޒާތުގެ ނަފްސާނީ ކަމެއް އަދި ކުށުގެ ރެކޯޑެއް އޮންނަ މީހަކަށް ނުވާތީ މިފަދަ ކުށެއް ކޮށްފާނެ ކަމުގެ އެެއްވެސް ޝައްކެއް ކުރެވިފައި ނުވާތީ، ހައިރާން ކަމެއް ލިބިގެން ދިޔަ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި އިންޝިއުރަންސް ދާއިރާގައި މަސައްކަތްކުރި ބްރޭންޑީގެ ދެ ދަރިންނަކީ ދެ މީހަކަށް ލިބިފައިވާ ކުދިންނެވެ.
އެއިޑަންގެ ބައްޕަ ވަނީ އޭނާގެ ދަރިފުޅުގެ ޚަބަރެއް ނުވެދިޔަ މުއްދަތުގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ދަރިފުޅު ހޯދޭތޯ މަސައްކަތް ކޮށްފައެވެ. އަދި އެއިޑަންގެ މަރުގެ ޚަބަރު އިވުމަށްފަހުވެސް، ދަރިފުޅަށް ވީނުވީއެއް އެނގޭ މީހަކު އޭނާއަށް މައުލޫމާތު ފޯރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު