މ.މުލައް ބަނދަރު ބޮޑުކުރުމާއި ނެރުފައިކަށި ހެދުމުގެ މަޝްރޫޢުގެ މަސައްކަތް މިއަދު މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ޙަވާލުކޮށްފިއެވެ.

މިމަޝްރޫޢުގެ އަގަކީ 62,634,246.84 ރުފިޔާއެވެ. މިއަދު މިމަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރީ 485 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން މ.މުލަކުގެ ބަނދަރާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން އައު ބަނދަރު 44,500.00 އަކަ މީޓަރަށް ފުން ކުރާނެއެވެ. އެއީ މެދު ދިޔައިން ފެށިގެން -3 މީޓަރ ހަމަވާ ވަރެވެ. އަދި މިހާރުގެ ބަނދަރު 23,100.00 އަކަ މީޓަރަށް ފުން ކުރާނެއެވެ. އެއީ މެދު ދިޔައިން ފެށިގެން -3.5 މީޓަރ ހަމަވާ ވަރަށެވެ. މީގެއިތުރުން 2,520.00 އަކަ މީޓަރަށް އެރަށު ނެރު ފުން ކުރާނެއެވެ. އެއީ މެދު ދިޔައިން ފެށިގެން -4.0 މީޓަރ ހަމަވާ ވަރަށެވެ.

މީގެއިތުރުން 253 މީޓަރ ސޭންޑްފިލް ބްރޭކްވޯޓަރ ހެދުމާއި 210 މީޓަރ ސޭންޑްފިލް ކީވޯލަކާއި ނެރު ފައިކަށިޖެހުމައި 25 މީޓަރ، 13 މީޓަރ ސަބްމާރޖްޑް ބްރޭކްވޯޓަރ ޖެހުމާއި 53 މީޓަރ ރިވެޓްމެންޓް ޖެހުމާއި 284 މީޓަރ އެއްގަމު ތޮށި ޖެހުމާއި 284 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުމާއި 57 މޫރިންގ ރިންގް ހަރުކުރުޟާއި 8 މޫރިންގ ބޮއި ހަރުކުރުން ހިމެނެއެވެ.

އަދި 11،11 މީޓަރ ރޭންޕެއް ހެދުމާއި އެކްސެސް ޕްލެޓްފޯމް އެޅުމާއި 4، 25 މީޓަރގެ ކޮންކްރީޓް ބްރިޖެއް ހެދުމާއި 1 ނެރު ބައްތި ޖެހުމާއި 15 މަގު ބައްތި ހަރުކުރުމާއި 3,062.00 އަކަ މީޓަރު ޕޭވްމަންޓް ހެދުން މިމަޝްރޫޢުގައި ހިމެނެއެވެ.

މި ކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟި ލާ ފާތިމަތު ޝާނާ ފާރޫޤެވެ. މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން

ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން