މާލެ އާއި ހުޅުމާލޭގެ ބައެއް ރޫޓުތަކުގައި ދޭ ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި އެވެ.

އާރްޓީއެލް ބަހުގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސިން ބުނީ، މިއަދުން ފެށިގެން މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ވެސްޓްޕާކުގެ ރޫޓުތަކާއި އާރް-7ގެ ދަތުރުތައް ޝެޑިއުލާ އެއްގޮތަށް، 24 ގަޑިއިރު ބަސް ދަތުރުތައް ކުރާނެ ކަމަށެވެ. އަދި މިރެއިން ފެށިގެން ދަންވަރުގެ ވަގުތުތަކުގައި ގަޑިއަކު އެއް ފަހަރު އެރޫޓުތަކުގެ ދަތުރުތައް އޮންނާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މާލޭ ސަރަހައްދުގައި އާރްޓީއެލް ބަހުގެ ހިދުމަތް މީގެ ކުރިން ދެމުން އައީ ހެނދުނު 5:45 އިން ރޭގަނޑު 12:15 އާ ހަމައަށެވެ. އަދި ހުކުރު ދުވަހުގެ ބައެއް ވަގުތުތަކުގައި ދަތުރުތައް މެދުކަނޑާލައެވެ.

އެމްޓީސީސީން އަންނަނީ ހުޅުމާލެއިން މާލެއަށް ދުވާލު ކޮންމެ 15 މިނެޓަކުން ބަސް ދަތުރު ކުރުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން