ޖަޕާނުގެ ފުކުޝީމާ ނިއުކްލިއަރ އިންޖީނުގޭގައި ބޭނުންކޮށް ތަޣައްޔަރުވެ، ބާކީވެފައިވާ ނިއުކްލިއަރުގެ އަސަރުހުރި ފެން، ޕެސިފިކް ކަނޑަށް ދޫކުރި ފަހުން ކަނޑުގެ އައްސޭރިފަށުން ހިފި މަހުގެ ބާވަތްތަކެއް އެގައުމުގެ ބޮޑުވަޒީރު ފޫމިއޯ ކިޝީޑާ ރޮލާއި ފަރީއްކުޅުއްވައިފިއެވެ.
މެންދުރުގެ މިފަރީއްކޮޅުގައި އިތުރު ތިން ވަޒީރަކު ބައިވެރިވެ ވަޑައިގަތެވެ. މިކަން މިގޮތަށް ކުރެއްވުމުގެ ބޭނުމަކީ ނިއުކްލިއަރުން ތަޣައްޔަރުވި ފެން ކަނޑަށް ދޫކުރުމަށްފަހުވެސް ކަނޑުން ބާނާ މަހުގެ ބާވަތްތައް ކެއުމުގައި ނުރައްކަލެއް ނެތްކަން ރައްޔިތުންނަށް އަންގަވައިދެއްވުމެވެ.
ފުކުޝީމާގައި ހުންނަ ނިއުކްލިއަރ ހަކަތައިން ކަރަންޓު އުފައްދާ އިންޖީނުގެއިން ނިއުކްލިއަރުން ތަޣައްޔަރުވެފައިވާ މިފެންތައް ކަނޑަށް ދޫކުރަން ފަށާފައިވަނީ މިދިޔަ ހަފުތާގައިއެވެ. މިފެންތައް އެއްކޮށް ކަނޑަށް ދޫކޮށް ނިމޭނީ އެތައް އަހަރަކުންކަމަށް ޚަބަރުތައް ބުނެއެވެ.
ޖަޕާނުން ނިއުކްލިއަރ ފެން ކަނޑަށް ދޫކުރާތީ އެކަމާއި ވަރަށް ގިނަ މަސްވެރި ޖަމާޢަތްތަކުންނާއި އަވައްޓެރި ގައުމުތަކުން ދެކޮޅުހަދާފައިވެއެވެ. މިކަމާއި ގުޅިގެން ޖަޕާނުން ޗައިނާއަށް އެތެރެކުރާ ކަނޑުރޯދީގެ ހުރިހާ ބާވަތެއް ޗައިނާއަށް އެތެރެކުރުން އެގައުމުންވަނީ މަނާކޮށްފައިއެވެ. ދެކުނުކޮރެއާގައި މިކަމާއި ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާކޮށްފައިވެސްވެއެވެ.
ތަޣައްޔަރުވެފައިވާ ނިއުކްލިއަރ ފެން ކަނޑަށް ދޫކުރުމަށްފަހު ކަނޑުން ނެގުނު ކަނޑުރޯދީގެ އަދި ކަނޑުން ނެގި ލޮނުގެ ސާމްޕަލްތައް ޖަޕާނުން ޓެސްޓުކޮށްފައިވަނީ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ މިންގަނޑުތަކަށްވުރެ މާދަށު ދަރަޖައެއްގައިކަމަށް އޭޕީ ނޫހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު