ޔުއެފާއިން ދޭ 2022/23 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ނޯވޭގެ ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާ އާލިންގ ހާލަންޑް ހާސިލުކޮށްފިއެވެ.
ނޯވޭގެ ގައުމީ ޓީމަށްވެސް ކުޅެމުންދާ ހާލަންޑަށް މި މަގާމް ހާސިލުކުރެވިފައިވަނީ ޔުއެފާއިން ނެގި ވޯޓެއްގައި 352 ޕޮއިންޓް ހޯދައިގެންނެވެ. އޭނާއާއި އެންމެ ކައިރިން ދެވަނަ ހޯދާފައިވަނީ އާޖެންޓީނާގެ ކެޕްޓަން ލިޔޮނަލް މެސީއެވެ. އެމްއެލްއެސްގެ އިންޓަ މިއާމީއަށް ކުޅެމުންދާ މެސީއަށް ދެވަނަ ލިބުނީ 227 ޕޮއިންޓްގެ ނަތީޖާއަކުންނެވެ.
މެންޗެސްޓާ ސިޓީއަށް ނިމިދިޔަ ޗެމްޕިއަންސް ލީގްގެ ތަށި މިލްކުކޮށްދިނުމުގައި ފުޅާ ދައުރެއް ކުޅެފައިވާ ހާލަންޑަށް ވަނީ މި އެވޯޑްގެ އިތުރަށްވެސް މި އަހަރުގައި ޕީއެފްއޭ މެންސް ޕްލޭޔަރ އެވޯޑްވެސް ލިބިފައެވެ.
މެންޗެސްޓާއަށް ތާރީހީ ޓްރެބްލްއެއް ހޯދާދިން އުމުރުން 23 އަހަރުގެ ހާލަންޑް ވަނީ 53 މެޗުގައި 52 ލަނޑު ޖަހާދީފައިއެވެ.
ޔުއެފާއިން ދީފައިވާ އިތުރު އެވޯޑްތަކަށް ބަލާއިރު، އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކޯޗްގެ މަގާމް ހާސިލުކޮށްފައިވަނީ މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއެވެ. އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް އައިޓާނާ ބޮންމާޓީ ހޮވިފައިވާއިރު އެންމެ މޮޅު އަންހެން ފުޓްބޯޅަ ކޯޗްގެ މަގާމަށް ހޮވިފައިވަނީ ސަރީނާ ވީގްމާންއެވެެ.

ކިޔުންތެރިންގެ ހިޔާލު