ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއިން އެ ކްލަބްގެ ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާ އެރިކް ގާސިއާ ލާ ލީގާގެ ކްލަބް ޖިރޯނާއަށް ދޫކޮށްލައިފިއެވެ.
އެގޮތުން، ބާސެލޯނާއިން ގާސިއާ ޖިރޯނާއަށް ދޫކޮށްލީ އަންނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަަމުގައި އެ ކްލަބުން ބުނެފައިވެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ގާސިއާ ގަތުމުގެ ފުރުޞަތު ދީފައި ނުވާކަމަށް އެ ކްލަބުން ހާމަކޮށްފައިވެއެވެ.
ގާސިއާ ބާސެލޯނާއާއި ގުޅުނީ މީގެ ދެ އަހަރު ކުރިންނެވެ. ސެންޓާ ބެކްއެއްގެ ގޮތުގައި ކުޅެމުންދާ ގާސިއާ ފުޓްބޯޅަ ޓްރެއިނިންގ ފަށާފައިވަނީ 2008 ވަނަ އަހަރުގައި ބާސާ އެސްކޮލާ އިންނެވެ. އެއަށްފަހު، އޭނާ ވަނީ ހަތަރު އަހަރު ވަންދެން މެންޗެސްޓާ ސިޓީއަށް ކުޅެދީފަިއެވެ. ގާސިއާ މެންޗެސްޓާއާއި ގުޅުނު އިރު، އޭނާގެ އުމުރުން 17 އަހަރެވެ.
އުމުރުން 22 އަހަރުގެ ގާސިއާއަކީ ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމްގެ ޑިފެންސް ލައިނަށް ކުޅެމުންދާ ކުޅުންތެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު