ހދ. ނައިވާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް އެމަސައްކަތް ޙަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފިއެވެ.
އެކުންފުނިން ބުނީ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒް ކޮށްފައިކަމަށެވެ. ހދ. ނައިވާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 41,618.07 އަކަމީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 15,320 އަކަ މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމަށް ހަމަޖެހިފައިވެއެވެ.
އަދި 15,320 އަކަ މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 300 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 73 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 231 ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2,087 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 10 މީޓަރު ދހިގު 9 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 95 މީޓަރު ދިގު 2 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިންގ ބޮއެ ހަރުކުރުމުގެ މަސައްކަތްވެސް މިމަޝްރޫޢުގެތެރޭގައި ހިމެނެއެވެ، މިއީ 47.5 މިލިއަން ރުފިޔާގެ މަޝްރޫޢޫއެކެވެ.
އާބާދީގައި 400 އެއްހައި މީހުން ދިރިއުޅޭ ހދ.ނައިވާދޫގައި މިސަރުކާރުން ޖުމުލަ 17 މަޝްރޫޢެއް ހިންގާފައިވެއެވެ. އޭގެތެރޭގައި ކުރީގެ އެއްވެސް ސަރުކާރަކުން އެރަށުގައި ކުރިއަށްގެންގޮސްފައި ނުވާ ތަރައްޤީގެ މަޝްރޫޢުތަކާއި އަސާސީ ޚިދުމަތްތަކާ ގުޅުންހުރި ގިނަ މަސައްކަތްތައް ހިމެނެއެވެ.
މިސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ކުޑަރަށެއް ބޮޑުރަށެއް ތަފާތުކުރުމެއްނެތި ތަރައްާޤީގެ މަޝްރޫޢުތައް ހިންގުމެވެ.

ހދ. ނައިވާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 31 އޯގަސްޓް 2023 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒް ކުރެވިފައެވެ.
— MTCC Plc (@MTCCPlc) September 3, 2023
މި މަޝްރޫޢުގެ ދަށުން، 41,618.07 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 15,320 ކިއުބިކް… pic.twitter.com/nhU2vJ1aiw
އާބާދީގައި 400 އެއްހައި މީހުން ދިރިއުޅޭ ހދ.ނައިވާދޫގައި މިސަރުކާރުން ޖުމުލަ 17 މަޝްރޫޢެއް ހިންގާފައިވެއެވެ. އޭގެތެރޭގައި ކުރީގެ އެއްވެސް ސަރުކާރަކުން އެރަށުގައި ކުރިއަށްގެންގޮސްފައި ނުވާ ތަރައްޤީގެ މަޝްރޫޢުތަކާއި އަސާސީ ޚިދުމަތްތަކާ ގުޅުންހުރި ގިނަ މަސައްކަތްތައް ހިމެނެއެވެ.
މިސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ކުޑަރަށެއް ބޮޑުރަށެއް ތަފާތުކުރުމެއްނެތި ތަރައްާޤީގެ މަޝްރޫޢުތައް ހިންގުމެވެ.
ކިޔުންތެރިންގެ ހިޔާލު