އައުރަ ނިވައިވާފަދަ ހެދުން އެޅުމަކީ ބަދުއަޚުލާޤީ ޢަމަލުތަކުން ސަލާމަތްވުމަށް ކުރަން އޮތް މުހިއްމު ކަމެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޖިންސީ ފުރައްސާރަކުރުމުގެ މައްސަލަތަކުގެ ޝަކުވާގެ އަޑުތައް ގަދަވެފައިވާއިރު، އެފަދަ ކަންކަމަށް މަގުފަހިވުމުގައި އިސްލާމް ދީނުގެ މިންގަނޑުތަކާ ޚިލާފަށް ހެދުންއެޅުމާއި، އެހެނިހެންވެސް ދީނާ ޚިލާފު އަޚްލާޤީ މައްސަލަތައް ހިނެނޭކަން ފާހަގަކުރެވޭ ކަމަށް ދީނީ ޢިލްމުވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެކަމާ ގުޅިގެން ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ، "ހިލޭއަންހެނުންނާއި ފިރިހެނުން އެކަހެރިނުވުމާއި، އައުރަނިވައިވާފަދަ ހެދުން އެޅުމާއި، ހިލޭ ދެމީހުން އެކަކު އަނެކަކު ގައިގަ ބީހި ނުހެދުމަކީ ބަދުއަޚްލާޤީ އަމަލުތަކުން ސަލާމަތްވެ ތިބުމަށް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މުހިއްމު ކަންކަން" ކަމަށެވެ.



ޢަލީ ޒާހިރުގެ ވާހަކައަށް ތާޢީދު ކުރަށްވާ ޑރ. އިޔާޒް ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. އަދި އެ ހުރިހާ ކަމަކާއި އެކުވެސް އުނދަގޫތައް ކުރިމަތިވާނަމަ އެދިމާލެއް ހޯދައި، އެކަމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އިޔާޒް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު