ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ދަށުން ހއ. ދިއްދޫގައި އެއްގަމު ބަހުގެ ޚިދުމަތް މިއަދު ދޭން ފަށައިފި އެވެ.
އެމްޓީސީސީން މިއަދު ބުނީ ދިއްދޫގައި ބަހުގެ ހިދުމަތް ދިނުމަށް ދެ ބަސް ބޭނުން ކުރާނެ ކަމަށެވެ. މިއީ 22 މީހުންނަށް އިށީނދެގެން ތިބެވޭ ބަސްތަކެކެވެ. އަދި 10 މީހުންނަށް އެއްފަހަރާ ކޮޅަށް ތިބެގެން ދަތުރުކުރެވޭނެއެވެ. އެހެންކަމުން ކޮންމެ ބަހެއްގައި 32 މީހުންގެ ޖާގަ ހުންނާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ.
ދިއްދޫގައި ބަހުގެ މިއަދު ފެށުމަށް ފަހު ހަފުތާ ވަންދެން ބަހުގައި މުޅިން ހިލޭ ދަތުރު ކުރެވޭނެއެވެ. އަދި އެ މުއްދަތު ހަމަވުމުން އާރްޓީއެލް ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ކިޔުއާރް ޓިކެޓް ގަނެގެން ދަތުރު ކުރެވޭނެ އެވެ.
އެމްޓީސީސީން ބުނީ، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއ،ި ސްކޫލް ދަރިވަރުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން 65 އަހަރުން މަތީގެ މީހުންނަށް އަބަދުވެސް ބަހުގައި ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.
ހަމައެއާއެކު އާރް.ޓީ.އެލް. ދިއްދޫ ބަހުގެ ރޫޓް މެޕްއާއި ޝެޑިއުލް، އާރް.ޓީ.އެލް. ވެބްސައިޓާއި އެޕް މެދުވެރިކޮށް ބަލާލެވެން ހުންނާނެކަމަށް އެމްޓީސީސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު