ހިލޭ ޓްރާންސްފާއެއްގެ ދަށުން، ސްޕެއިންގެ މިޑް ފިލްޑާ ހުއާން މަޓާ ޖަޕާނު ލީގުގެ ކްލަބް ވިސެލް ކޯބޭއާއި ގުޅިއްޖެއެވެ. ވިސެލް ކޯބޭއަކީ މިވަގުތު ޖަޕާން ލީގްގައި އެންމެ ކުރީގައި އޮތް ކްލަބެވެ.
މަޓާ ޖަޕާނު ލީގާއި ގުޅުނު އިރުގައި، އޭނާ ވަނީ ސައުދީ އަރަބިއްޔާއާއި ދުބާއީގެ ކްލަބަތަކުގެ އަގުހުރި ހުށަހެޅުންތަކަށް އިންކާރުކޮށްފައެވެ. އޭނާ ބުނީ ޖަޕާނަކީ އޭނާއަށް އަބަދުވެސް ވަރަށް ކަމުދިޔަ ގައުމެއް ކަމަށާއި އެ ގައުމުގެ ސަގާފަތް ބަލާ ތަޖުރިބާކޮށްލަން ލިބުމުން ވަރަށް އުފާވާ ކަމަށެވެ.
އުމުރުން 35 އަހަރުގެ މަޓާ އެންމެ ފަހުން ކުޅެދީފައިވަނީ ތުރުކީގެ ގަލަތަސާރޭއަށެވެ. އޭނާ ވަނީ ނިމިދިޔަ ސީޒަންގައި އެ ކްލަބަށް ޓާކިޝް ލީގް ހޯދާދިނުމުގައި އެހީތެރިވެދީފައިއެވެ. މަޓާގެ ކެރިއަރ ފަށާފައިވަނީ 2006 ވަނަ އަހަރުގައި ރެއާލް މެޑްރިޑުންނެވެ،
އޭގެ އިތުރަށްވެސް، 2010 ވަނަ އަހަރުގައި ސްޕެއިންއިން ވޯޅްޑް ކަޕް ކާމިޔާބުކުރި ސްކޮޑްގައިވެސް މަޓާ ހިމެނިފަވެއެވެ. އަދި ވެލެންސިއާ އިން ޗެލްސީއާއި ގުޅުމަށްފަހު ޗެމްޕިއަންސް ލީގުގެ ތަށީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއެކު ޔޫރޮޕާ ލީގާއި އެފްއޭ ކަޕް ވެސް ކާމިޔާބުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު